ގޮތް ހުސްވެ މަޖުބޫރުވެގެން، އިނގެރޭސިވިލާތުގައި އަރާމު ކުރައްވަމުން، އެހެން މިހަކަށް ތާއީދުކުރުމަކީ ހެޔޮހިތުން ތަބަކަށްލާފަ ޓިކެޓް ދިނުމޭ ބުނެވޭނެތޯ؟ ސުވާލުކުރައްވައި ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދުގެ ބަހުގެ ޙަމަލާއެއް އަނެއްކާވެސް ރައީސް ނަޝީދަށް އަމާޒުކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ ނަން ވިދާޅުނުވެ، އެމަނިކުފާނުގެ ކެމްޕެއިންނުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަމާޒުކުރާ ބައެއް ފާޑުކިއުންތަކަށް ރައްދުދެއްވައި ޢަލީ ޒައިދުވަނީ ސުވާލެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ތަބަކޭ ތަބަކޭ ކިޔާތީ ހިތަށް އަރާ ސުވާލެއް ކޮށްލަންތޯއެވެ. އެސުވާލަކީ 2018 ގައި ބޭފުޅެއްގެ ފަހަތަށް އެކަކުވެސް ނާރާނެތީ، ކުރިމަތި ނުލެވި، ގޮތް ހުސްވެ މަޖުބޫރުވެގެން، އިނގެރޭސިވިލާތުގައި އަރާމު ކުރައްވަމުން، އެހެން މިހަކަށް ތާއީދުކުރުމަކީ ހެޔޮހިތުން ތަބަކަށްލާފަ ޓިކެޓް ދިނުމޭ ބުނެވޭނެތޯއެވެ.
ޒައިދު އެވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުރިމަތިވީއިރު ނަޝީދުގެ ޙާލަތު ހުރިގޮތުގެ ވާހައެވެ. އެދުވަސްވަރު ރައީސް ޔާމީންގެ ވެރިކަމުގައި ނަޝީދު ހުންނެވީ 13އަހަރުގެ ޖަލުޙުކުމެއް ތަންފިޒުކުރެއްވުންމަތީގައެވެ. އެޙުކުމާއެކު ޖަލަށް ވަޑައިގަންނަވަން ޖެހުމުން، ބޭސްފަރުވާއަށްކަމަށް ވިދާޅުވެ ނަޝިދު ވަޑައިގަތީ އިނގިރޭސިވިލާތަށެވެ. އެޤައުމަށްވަޑައިގެން އެޤައުމުގެ ޙިމާޔަތް ހޯއްދަވައި ނަޝީދު ހުންނެވީ އިނގިރޭސި ވިލާތުގައި އަމިއްލަފުޅަށް އަރުވާލެވިގެންނެވެ.
ރިޔާސީ އިންތިޚާބު 2018ގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނަޝީދަށް ނެތެވެ. އެއީ ޙުކުމް އޮތީ އޮތްގޮތަށެވެ. އެހެންކަމުން އެމްޑީޕީގެ ޑިކެޓުގައި އިންތިޚާބުގައި ވާދަކުރާނަމަ އެހެން މީހަކަށް ފުރުސަތު ދިނުމަކީ އޭރު މަޖުބޫރުކަމެކެވެ. އެއާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު އަރުވަން އެމްޑީޕީގެ ކޮންގްރެސްއިން ފާސްކުރީއެވެ.
ތަބަކޭ ތަބަކޭ ކިޔާތީ ހިތަށް އަރާ ސުވާލެއް ކޮށްލަންތޯ؟
2018 ގައި ބޭފުޅެއްގެ ފަހަތަށް އެކަކުވެސް ނާރާނެތީ، ކުރިމަތި ނުލެވި، ގޮތް ހުސްވެ މަޖުބޫރުވެގެން، އިނގެރޭސިވިލާތުގައި އަރާމު ކުރައްވަމުން، އެހެން މިހަކަށް ތާއީދުކުރުމަކީ ހެޔޮހިތުން ތަބަކަށްލާފަ ޓިކެޓް ދިނުމޭ ބުނެވޭނެތޯ؟ 🤔
— Ali Zaid (@alizaid1000) January 9, 2023
ޝައިޚް ޢަލީ ޒައިދަކީ އަބަދުވެސް ނަޝީދަށް ފާޑުވިޑާޅުވަމުން އަންނަ ބޭފުޅެކެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް 2018ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ ތަބަކަށް ލާފައި އެރުވުމުންކަމަށް ބުނެ ނަޝީދުގެ ފެކްޝަނުން ކިޔާ ފާޑުކިއުންތަކަށް ޒައިދު ރައްދުދިންއިރު، އެމްޑީޕީ ޕްރައިމެރީގެ ކެމްޕެއިންގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. ދެކެންޑިޑޭޓުން ގަދަޔަށް ކެމްޕެއިން ކުރައްވައި ދިރުންދޮރަށް ހިންގަވައި ތާޢީދު އިތުރުކުރަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
One Response
ދީނީި އިލްމުވެރިޔަކަންް ވާނެބާާ ނަސޭހަތުގެެ ގޮތުގައިި ފުރައްސާރަޔާާ މަލާމަތްް ކުރާމީހުން