އައިއެމްއެފްގެ ރިޕޯޓު ތަފްސީލާއިއެކު ހޯދަން އީވާ އެދިއްޖެ

އައިއެމްއެފްގެ ރިޕޯޓު ތަފްސީލާއިއެކު ހޯދަން އީވާ އެދިއްޖެ

ގުޅުންހުރި

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން އެކުލަވާލި ތަފްސީލީ ރިޕޯޓް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ ހުށަހަޅުއްވައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ފޮނުއްވި ސިޓީގައި އީވާ ވިދާޅުވީ ޑިސެމްބަރު 20، 2022 ގައި އައިއެމްއެފް އިން ނެރުނު ނޫސް ބަޔާނުން، އެ ފަންޑުގެ ފަންނީ މުވައްޒަފުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމާއި ދައުލަތުގެ މާލީ މައުލޫމާތު ހޯދައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލާފައިވެއެވެ.

އެ ރިޕޯޓު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން އެސެސްކޮށްފައިވީއިރު، ދައުލަތުގެ ދަރަނީގެ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކޮށް "ސަސްޓެއިންޑް ފިސްކަލް ކޮންސޮލިޑޭޝަން" އަކީ "ޓޮޕް ޕްރިއޮރިޓީ"ގެ ގޮތުގައި ފާހަގަކޮށްފައިވާކަމަށް އީވާ ވިދާޅުވިއެވެ.

އޭނާ ވަނީ އައިއެމްއިން ރާއްޖޭގެ މާލ؛ީ ހާލަތާ ގުޅޭ މިދިޔަ ޑިސެމްބަރު މަހު ނެރުނު ނެރުނު ބަޔާނާ ގުޅޭ ތަފްސީލު ރިޕޯޓް ހޯދުމަށް އެދި ފިނޭންސް މިނިސްްޓަރު އިބްރާހިމް އަމީރަށް ސިޓީއެއް ފޮނުއްވައިފައެވެ. އައިއެމްއެފްގެ ބަޔާނާ ހަވާލާދީ އީވާގެ ސިޓީގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ދައުލަތުގެ ދަރަނި ކަންބޮޑުވާ މިންވަރަކަށް ވަނީ އިތުރުވެފައެވެ. އަދި އޭގައި "ސަސްޓެއިންޑް ފިސްކަލް ކޮންސޮލިޑޭޝަން" ގެ މަނިޓަރީ ސިޔާސަތެއް އެންމެ ބޮޑަށް އިސްކަންދީގެން ކުރިއަށް ދިއުމަށް ލަފާދީފައިވާ ކަން ވެސް އީވާ ފާހަގަކުރެއްވިއެވެ.

އީވާގެ ސިޓީގައި ވިދާޅުވީ 2020 ވަނަ އަހަރުގެ ފަހުން އައިއެމްއެފްގެ އާޓިކަލް IV ގެ ދަށުން ރާއްޖެއާ ގުޅޭގޮތުން އެކުލަވާލާ ރިޕޯޓުތައް އާއްމުކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އޭނާ ވަނީ އެ ރިޕޯޓުގެ ކޮޕީއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ.

އައިއެމްއެފްގެ ރިޕޯޓުގެ ކޮޕީ ހޯދަން އެދިވަޑައިގެންނެވިއިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުން ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ބުނާ ކަމަށް ވިދާޅުވެފައެވެ. މިއީ، އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އިޤްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވަނީ އެއިން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ކައިރި ޤައުމުތަކުން ފެނިގެންދާ ހަޤީޤަތަކީ, ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި, އިޤްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް"ވުމުން, އޭގެ ބޮޑު ގެއްލުމާއި ދެރަ ވަރަށް ހިތިކޮށްކަން އުފުލަންޖެހޭތަން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ