ގަމު މަގުތައް ހަދަން އާރުޑީސީއާ ހަވާލުކޮށްފި

ގަމު މަގުތައް ހަދަން އާރުޑީސީއާ ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2022 05:21
0

ލ. ގަމުގެ މަގުތައް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މި މަޝްރޫޢުގެ ދަށުން، ލ. ގަމުގެ 4.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.

ގަމުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 600 (އެއް އަހަރާއި 6 މަސް ދުވަސް) ގެ ތެރޭގައި ނިންމާގޮތަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢަށް 104 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.