ވެރިކަންކުރާ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމެރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް ޢާންމުކޮށްފިއެވެ.
ކޮންމެ ދާއިރާއެއްގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ލިސްޓި ވަކިވަކިން ހިމަނައި ނެރެފައިވާ ލިސްޓު އެމްޑީޕީގެ ރަސްމީ ވެބްސައިޓުގައި ވަނީ ޢާންމުކޮށްފައެވެ. މިލިސްޓުގައި ކޮންމެ މެމްބަރެއްގެވެސް ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އަތޮޅާއި ރަށާއި ދާއިރާގެ އިތުރުން ދާއިރާ ކޯޑު ހިމަނާފައިވެއެވެ.
އެމްޑީޕީން ޢާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން ރިޔާސީ ޕްރައިމެރީގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ 57714 ޢާންމު މެމްބަރުން އެޕާޓީގައި ހިމެނެއެވެ.
މި ލިސްޓާމެދު ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް 1 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އެ ފުރުޞަތު ހުޅުވިފައިވާ ވާހަކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އޮންނާނީ 28 ޖެނުއަރީ 2023 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ