ސުޕަމޭންގެ ރޯލު ކުޅުނު އެކްޓަރު ހެންރީ ނުފެންނާނެ

ސުޕަމޭންގެ ރޯލު ކުޅުނު އެކްޓަރު ހެންރީ ނުފެންނާނެ

Author
ފާތިމަތު ނާވީ
20 ޑިސެމްބަރ 2022 08:17
0

2013 ވަނަ އަހަރު ގެނެސްދިން ހޮލީވުޑްގެ ކާމިޔާބު ފިލްމު "މޭން އޮފް ސްޓީލް" ގައި ސުޕަމޭންގެ ރޯލު ކުޅެގެން އާންމުންގެ ލޯބި ހޯދި އެކްޓަރު ހެންރީ ކެވިލް އަނެއްކާ އެ ރޯލު ކުޅެން އުޅޭކަން ކަށަވަރު ކޮށްދިނުމަށްފަހު، އެ ރޯލުން ދެން ނުފެންނާނެ ވާހަކަ ހާމަކޮށްފައެވެ.

ހެންރީ ކެވިލް އެ ރޯލާއި އެކީ އަލުން އެނބުރި އަންނާނެކަން މީގެކުރިން މިދިޔަ އޮކްޓޫބަރު މަހު ހެންރީ ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް ދާދިފަހުން އާއްމުކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ކެވިލް ބުނީ އެ ރޯލުން އޭނާ ނުފެންނާނެ ކަމަށެވެ.

ޑީސީގެ ސުޕަމޭންގެ އާ ފިލްމުން ކެވިލް ނުފެންނާނެ ވާހަކަ ބުނެފައި މި ވަނީ އެ ސްޓޫޑިއޯ މިހާރު ހިންގުމާ ހަވާލުވެ ހުރި ޑައިރެކްޓަރު ޖޭމްސް ގަން ސުޕަމޭންގެ އާ ފިލްމު ލިޔާކަން އިޢުލާންކޮށް، ކެވިލް ސުޕަމޭންގެ ރޯލުން ނުފެންނާކަން ވެސް ކަށަވަރުކޮށްދީ ޓްވީޓްތަކެއް ކޮށްފައި ވަނިކޮށެވެ.

 

View this post on Instagram

 

A post shared by Henry Cavill (@henrycavill)

އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ސުޕަމޭންގެ ރޯލުން އަންނަން އުޅޭކަން ކަށަވަރުކޮށް ދީފައި މި ވަނީ، ޑީސީ ފިލްމްސް އިން މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑްވޭން ޖޯންސަން (ރޮކް) ގެ "ބްލެކް އެޑަމް"ގެ ކްލައިމެކްސްގައި ސުޕަމޭންގެ ގޮތުގައި ކެވިލްގެ ކެމިއޯއެއް ވެސް ގެނެސްދީފައި ވަނިކޮށެވެ. އިންސްޓަގްރާމް ޕޯސްޓްގައި އެ ރޯލުން ކެވިލް ފެންނާނެކަމުގެ އިންތިޒާރުގައި ތިބި ފޭނުންނަށް ކެވިލް ވަނީ ޝުކުރު ވެސް އަދާކޮށްފައެވެ. އަދި ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Henry Cavill (@henrycavill)

ސުޕަރމޭންގެ ކެރެކްޓާ މީގެކުރިން އެހެން ފިލްމުތަކުގައި ވެސް ކެވިލް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ޑައިރެކްޓަރ "ޖެކް ސްނައިޑާސް ޖަސްޓިސް ލީގް" ގެ އިތުރުން 2017 ގެ "ޖަސްޓިސް ލީގް" ގައި ވެސް ހެންރީގެ ސުޕަމޭން ކެރެކްޓާ އެކްސްޓެންޑެޑް ކެމިއޯއެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.