"ހެރީ އެންޑް މޭގަން"ގެ ޓީޒާއެއް ދައްކާލައިފި

"ހެރީ އެންޑް މޭގަން"ގެ ޓީޒާއެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
05 ޑިސެމްބަރ 2022 06:42
0

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ޑޮކިއުމަންޓްރީ ސީރީޒްގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.

"ހެރީ އެންޑް މޭގަން" ގެ ޑައިރެކްޓަރަކީ "ވަޓް ހެޕެންޑް، މިސް ސައިމަން؟" ގެނެސްދިން ލިޒް ގާބަސް އެވެ. ނެޓްފްލިކްސް އިން ގެނެސްދޭން ނިންމާފައިވާ ހެރީ އާއި މޭގަންގެ ސީރީޒަކީ ޝައުގުވެރި އެތައް ކަމެއް އަދި އެ ބޭފުޅުންގެ ޒާތީ އެތައް ކަމަށް ވަރަށް ގާތުން ދައްކުވައި ދޭނެ އެއްޗެކެވެ.

ޓީޒާ އިން ވެސް ވަނީ "ހެރީ އެންޑް މޭގަން" އަކީ ޝާހީ އިނގިރޭސި އާއިލާގެ ބޭފުޅުންގެ "އާންމު މިންގަނޑާ" ބޭރު އެތައް ކަމެއް، އެތައް، ވާހަކައެއް ގެނެސްދޭނެ އެއްޗެއްކަން ހާމަކޮށް ދީފައެވެ.

 

View this post on Instagram

 

A post shared by Netflix US (@netflix)

މި ޑޮކިއުސީރީޒް ޕްރީމިއާކުރާނެ ތާރީހެއް އަދިވެސް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ކުރިން ބައެއް މީޑިއާތަކުން ބުނީ މި މަހުގެ 8 ގައި "ހެރީ އެންޑް މޭގަން" ޕްރީމިއާކުރާނެ ކަމަށެވެ.

ނެޓްފްލިކްސް އަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ޑޮކިއުސީރީޒެއް ގެނެސްދެނީ 2020 ގައި އެ ކުންފުންޏާއެކު ހަދާފައި އޮތް އެއްބަސްވުމުގެ ދަށުންނެވެ.

ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރެއްވި މޭގަން އާއި ހެރީ ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ. އަދި އެމީހުންނަށް ވަނީ ދެ ދަރިން ލިބިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.