ރާއްޖެ ބަނގުރޫޓުކުރަން ބޭނުންވެގެން ބަޔަކު އެބައުޅޭ: ރޮޒައިނާ

ރާއްޖެ ބަނގުރޫޓުކުރަން ބޭނުންވެގެން ބަޔަކު އެބައުޅޭ: ރޮޒައިނާ

Author
މުޙައްމަދު ޖިމީ
02 ޑިސެމްބަރ 2022 12:29
0

ރާއްޖެ ބަނގުރޫޓުކުރަން ބޭނުންވެގެން ބަޔަކު އުޅޭކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒައިނާ މިހެން ވިދާޅުވީ، މިސަރުކާރުގެ ދަރަނި އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށް ސިޔާސީ ބައެއް ބޭފުޅުން ޜާއްޖެ ބަނގުރޫޓޫވެދާނެކަމަށް ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ. މިގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ދާދިފަހުން ރާއްޖެ ބަނގުރޫޓޫވަމުން އަންނަކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ ރާއްޖެ ބަނގުރޫޓު ނުވާކަމަށާއި ނަމަވެސް ބަނގުރޫޓުކުރަން ބަޔަކު ބޭނުންވެގެން އުޅޭކަމަށެވެ.

ރާއްޖެ ބަނގުރޫޓުވާން ދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހުމަކީ ލަދުވެތިވެވަޑައިގަންނަވާނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު  މިމަހު 21 ގައި ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް ފާޑުވިދާޅުވެ އަމީރު ވިދާޅުވީ، ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫންކަމަށެވެ. އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް  ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައިކަަމށް އަމީރު ވިދާޅުވިއެވެ.

ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ގޮންޖެހުންތައް ގިރާކުރަމުންދާކަމަށާއި،  ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުަމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ދަނޑިވަޅުގައި އިޤްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް. މާތްالله ގެ އިރާދަފުޅާއެކު, ރާއްޖޭގެ އިޤްތިސާދީ ކުރިމަގު އޮތީ ފަހިކޮށް.

– އަމީރު ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.