ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ބޮލީވުޑްއަށް ނުކުތުމުގެ އެންމެ ފަހުގެ ތައްޔާރީތަށް މިހާރު އަންނަނީ ކުރަމުނެނެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް އެކްޓަރު ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒް އިރާނީ ޑައިރެކްޓު ކުރާ އެ ފިލްމަކީ އިންޑިއާގެ ޑިފެންސް ފޯސްއާ ގުޅޭ ގޮތުން އުފައްދާ ފިލްމެކެވެ. ފިލްމްގެ ލީޑުން އިބްރަހިމް ފެންނަ އިރުގައި ފިލްމްގެ ލީޑު ރޯލަކުން ކާޖޮލް ވެސް ފެންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ފޮލޯ ކުރާ އިބްރަހިމް އަކީ ސްޓާރަކަށްވުރެ ވަކި މަގުބޫލުކަން ކުޑަ ސްޓާ ކިޑްއެއެއް ނޫނެވެ. އިބްރާހިމްގެ އިތުރުން އޭނާގެ ދޮށީ ދައްތަ ސާރާ އަލީ ހާންވެސް ވަނީ ބޮލީވުޑްއަށް ނިކުމެފައިއެވެ. އޭނާ ގެ ފުރަތަމަ ފިލްމް އަކީ 2018 ވަނަ އހަރު ގެ ފިލްމް "ކޭދާރްނާތް" އެވެ. މިހާރު ސާރާ އަކީ އަރަމުން އަންނަ ޒުވާން ބަތަލާއެކެވެ.
އިބްރާހިމް މިހާރު މަސައްކަތްކުރަނީ ފިލްމުތަކުގެ އެސިސްޓެންޓު ޑައިރެކްޓަރަކަށެވެ. އެގޮތުން އޭނާ ވަނީ ކަރަން އަންނަ އަހަރުގެ އެޕްރީލްގައި ގެނެސްދޭން އޮތް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިއެވެ. ރިޕޯޓުތައް ބުނާގޮތުން، އޭނާ ވަނީ އެކްޓިން ކެރިއަރު ފަށަން ތައްޔާރުވެފަ އެވެ. މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ދަރުމާ އިން އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް މީޑިއާތަކުން ބުނި ގޮތުގައި އިބްރާހީމް، 20، އަދި ކާޖޮލް، 48، ވަނީ މިހާރު ފިލްމް އަށް ސޮއި ކޮށްފިއެވެ.
އިބްރާހީމްގެ އަލަތު ފިލްމުގައި ކާޖޮލް ހިއްސާވާ އިރު، އޭނަގެ ބައްޕަ ސައިފާ އެކީ ވެސް ކާޖޮލް ފިލްމުތަކެއް ކުޅުނެވެ. އެއީ 1994 ގެ "ޔޭ ދިއްލަގީ" އާއި 1997 ގެ "ހަމޭޝާ" ގެ އިިތުރުން 2020 ގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.
ކާޖޮލް އަކީ މިހާތަނަށް ކަރަންގެ ދަރުމާގެ އެންމެ ކާމިޔާބު ފިލްމުތައް ކުޅުނު އެއް ބަތަލާ އެވެ. އޭގެ ތެރޭގައި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ގަމް" ފާހަގަ ކޮއްލެވެއެވެ. ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކުން ކާޖޮލް އެންމެ ފަހުން ފެނުނީ މީގެ 12 އަހަރު ކުރިން، 'މައި ނޭމް އިޒް ހާން' އިންނެވެ.