ޖެނިފާ ލޮޕޭޒް އާ އަލްބަމެއް އިއުލާންކޮށްފި

ޖެނިފާ ލޮޕޭޒް އާ އަލްބަމެއް އިއުލާންކޮށްފި

މަޝްހޫރު ލަވަކިއުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޮޕޭޒް (ޖޭލޯ) އާ އަލްބަމެއް އިއުލާންކޮށްފި އެވެ.

2023 ގައި ނެރުމަށް ހެމަޖެހިފައިވާ މި އަލްބަމްގެ ނަމަކީ "ދިސް އިޒް މީ…ނައު"އެވެ. މި އަލްބަމް ނެރޭނެ ކަމަށް އިއުލާންކޮށްފައިވަނީ ޖެނިފާގެ "ދިސް އިޒް މީ…ދެން" އަލްބަމް ރިލީޒްކުރިތާ 20 އަހަރު ފުރޭ ދުވަހުއެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކްޓަރު ބެން އެފްލެކާ ކައިވެނިކުރި 53 އަހަރުގެ ފަންނާނު އާ އަލްބަމެއް ނެރެން އުޅޭކަން އިއުލާންކޮށްފައި މި ވަނީ އަލްބަމެއް ނުނެރޭތާ އަށް އަހަރު ފަހުންނެވެ.

 

ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު، އެކްޓިންގެ ދާއިރާގައި ވެސް މަސައްކަތްކުރަމުން އަންނަ ޖޭލޯ ޖޭލޯ މިހާތަނަށް ނެރުނީ 8 އަލްބަމެވެ. އޭނަގެ ފުރަތަމަ އަލްބަމަކީ 1999 ގެ "އޮން ދަ 6″ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *