މާލޭގެ މައި އެއް މަގުކަމަށްވާ އަމީނީ މަގުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް މިހާރު ކުރިއަށްދާ މަސައްކަތް، ނުހުއްޓޭކަމަށާ، ކުރިއަށްދަނީ ޕްލޭންކޮށްފައިވާ ގޮތަށްކަމަށާ، އެހެންނަމަވެސް މިބަގުތު މަސައްކަތް އޮތީ މަޑުޖެހިފައިކަމަށް ރޯޑްޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފިއެވެ.
މިމަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮންނާތީ އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔާއީ އެކަމަށް ރައްދުދީ އާރުޑީސީން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ އަމީނީ މަގުގައި ތާރު ނާޅައި، މަސައްކަތް ހުއްޓިފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަޤީޤަތާ ޚިލާފު ވާހަކައެއްކަމަށާ، އެހެންނަމަވެސް މިވަގުތު މަސައްކަތް ވަނީ މަޑުޖެހިފައިކަމަށެވެ. މަސައްކަތް މަޑުޖެހިފައިވަނީ، އެމްޑަބްލިޔުއެސްސީން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އަޕްގްރޭޑު ކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ލިބުން ދަތިވެގެންކަމަށްވެސް އާރުޑީސީގެ ބަޔާނުގައި ވެއެވެ.
ނޫސް ބަޔާން
އަމީނީމަގުގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް ދެކެވޭ ވާހަކައާއި ގުޅޭ pic.twitter.com/rKGuAwgXlP— Road Development Corporation Ltd (@rdcmaldives) November 22, 2022
އާރުޑީސީން ބުނީ މިވަގުތު މަސައްކަތް މަޑުޖެހިފައި އޮތަސް އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ރޭވިފައިވާ ގޮތަށް ކަމަށެވެ. އަދި އެކޯޕަރޭޝަން އޮތީ 24 ގަޑިއިރު މަސައްކަތް ކޮށްގެންވެސް އަމީނީ މަގުގެ މަސައްކަތް ނިންމަން ތައްޔާރަށްކަމަށްވެސް އާރުޑީސީގެ ބަޔާނުގައިވެއެވެ. މަސައްކަތް މަޑުޖައްސާލީ އެމްޑަބްލިއުއެސްސީގެ މަސައްކަތް އަލުން ފަށަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވެން އާރުޑީސީން ކުރަމުން އަންނަ މަސައްކަތް މަޑުޖައްސާލަން ޕްލޭނިން މިނިސްޓްރީން އަންގަވާފައިވާކަމަށްވެސް އާރުޑީސީގެ ބަޔާނުގައިވެވެއެވެ.
ޖުމުލަ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އަމީނީމަގުގެ މަސައްކަތުގައި މަގުގައި ތާރުއަޅާނީ ހެންވޭރުން ފެށިގެން ގޮސް ބިލަބޮން ސްކޫލާ ހަމައަށް މަގުގައި ކުރަންޖެހޭ އެހެން މަސައްކަތްތައް ކޮށް ނިމުމުންކަމަށް އާރުޑީސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ