އަންނަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ކާޖޮލްގެ އާ ފިލްމު "ސަލާމް ވެންކީ" ކުޅެން ވަރަށް ވިސްނި ކަމަށާއި ފިލްމް އަށް އާނބަސް ބުނެ ސޮއި ކުރުމަށް ތިންދުވަސް ހޭދަވިކަމަށް ކާޖޮލް ބުނެފިއެވެ.
ކާޖޮލް މި ފިލްމްގެ އޭނާ ފެނިގެންދާ ރޯލު ނުކުޅެން ވަރަށް ހިފާލި ކަމަށާއި، ފިލްމް އަށް އެއްބަސް ވާން ބޭނުން ނުވި ކަމަށްވެއެވެ. ނަމަވެސް އެންމެ ފަހުން ފިލްމުގެ ޑައިރެކްޓަރު ރެވާތީ ވަރަށް ވާހަކަ ދައްކައިގެން ހަތަރުވަނަ ދުވަހު ކާޖޮލް މި ފިލްމު ކުޅެދޭން އެއްބަސްވީ އެވެ.
ފިލްމް ކުޅެން ކާޖަލް އެބަސް ނުވި ސަބަބަކީ މި ފިލްމުގައި އޭނާ ކުޅެން ޖެހެނީ ފަސޭހަނުވާ ކަހަލަ ބައްޔެއް ޖެހިފައިވާ ކުޑަ ކުއްޖެއްގެ މަންމައެއްގެ ރޯލަށް ވާތީ އެވެ. އޭނާ ފިލްމްގެ ސްކްރިޕްޓް އަދި އޭނާ ކުޅެން ޖެހޭ ހިތްވަރުގަދަ އަންހެނެއްގެ ރޯލު ވެސް ވަރަށް ކަމުދިއަ ކަމަށާއި ވަރަށް ކުޅެން ބޭނުން ވި ކަމަށްވެސް ވެއެއެވެ. ނަމަވެސް އެފަދަ ކުއްޖެއްގެ މަންމަގެ ބައި ކުޅުމަށް ފަސްޖެހެވުނީ ކަމަށާއި ހިތަށް ކުރި އަސަރުން އޭނާ މި ފިލްމް ކުޅެން ބޭނުން ނުވީ ކަމަށްވެއެވެ.
"ސަލާމް ވެންކީ" ޑައިރެކްޓްކޮށްފައި ވަނީ ބަތަލާ ރެވަތީ އެވެ. އޭނަ އަކީ ސަލްމާން ޚާންގެ 1990 ގެ ފިލްމު "ލަވް" ގެ ބަތަލާއެވެ. އަދި އޭނާ އަކީ ސައުތު ގެ ފިލްމް އިންޑަސްޓްރީގައި މަގުބޫލު ތަރިއެކެވެ.
މަޔަކާއި ނުކުޅެދޭ ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭނެ މި ފިލްމު ގައި ކާޖޮލް އާއި އެކުގައި ފެނިގެންދާނީ ރަޖީވް ކަންޑެލްވާލާ އާއި އަހާނާ ކުމްރާ، ވިޝާލް ޖެތްވާ އަދި ރާހުލް ބޯސްއެވެ.
މި ފިލްމަށް މީގެ ކުރިން ދީފައިވާ ނަމަކީ "ދަ ލާސްޓް ހުއްރަހް" އެވެ. އާ ނަމުގައި ފިލްމުގެ ޝޫޓިންގ ފަށާފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. ކާޖޮލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމު "ތުރިބާންގާ" އިންނެވެ.