ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކާޖޮލް އަކީ ކަޅުވުމުގެ ސަބަބުން ވަރަށް ބޮޑަށް މަލާމާތާއި ފުރައްސާރަ ކުރިމަތިވެފައިވާ ތަރިއެކެވެ. ހަމުގެ ކުލަ ކިތަށްމެ އަދިރި ނަމަވެސް އޭނާ އަކީ ވަރަށް ކާމިޔާބު ތަރިއެކެވެ.
ކެރިއަރުގެ ކުރީކޮޅުގައި ކާޖޮލްގެ އަސްލު ސިފަ ފެންނަ ކަމަށާއި ނަމަވެސް މިހާރު އޭނާ ވަނީ ތަފާތު އެއްޗެހި ބޭނުން ކޮށްގެން ހަމުގެ ކުލަ އަލި ކޮށްފައިކަމަށް ގިން ބަޔަކު ތުހުމަތު ކުރެއެވެ. އަދި ހަމަ އެއާއި އެކުގައި މި ސުވާލަކީ އޭނާ އަށް ނޫސްވެރިންގެ ފަރާތުންވެސް ވަރަށް ގިނަ އިން އަމާޒުވާ ސުވާލެކެވެ.
ބޮލީވުޑްގައި މަސައްކަތް ކުރާތާ ގިނަ ދުވަސް ވެފައިވާއިރު، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައިވާ ބަތަލާ އަކީ އޭނާގެ އެކްޓިން ގާބިލުކަމާއި ސެންސް އޮފް ހިއުމަރ އިން އެންމެން ވެސް މަޖާކޮށްދެމުން އަންނަ ބަތަލާއެކެވެ. ދާދި ފަހުން އޭނާ ވަނީ ޓްރޯލްކުރާ މީހުންނަށް ފުރައްސާރަކޮށް، ޒަމާނާ އެކު ފެއާ ކުލައިގެ މީހަކަށް ބަދަލުވި ގޮތް ކިޔައިދީފަ އެވެ.
ކާޖަލް ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މޫނު ނިވާކޮށްގެން ނަގާފައިވާ ފޮޓޯއެއް އަޕްލޯޑްކޮށްފަ އެވެ. ނޫކުލައިގެ ޓީޝާޓެއް ލައިގެން ސަންގްލާސް އަޅައިގެން ހުރި މި ފޮޓޯގައި އޭނަވަނީ މުޅި މޫނު ފޮރުވޭ ބޮޑޫ މާސްކެއްފަދަ އެއްޗެއް އަޅައިފައިއެވެ. އަދި ފޮޓޯ ދޫކޮށްލަމުން ބުނެފައިވަނީ ދޮންވާން ކުރީ ކީތްތޯ އަހާ މީހުންނަށް ޖަވާބަކީ އެއީ ކަމުގައިއެވެ.
ނަމަވެސް މިވާހަކަތަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. އެމީހުން ބުނާގޮތުގައި ސްކިން ވައިޓްނިން ޓްރިޓްމެންޓެއް އޭނާ ނަގައިފައިވާކަމަށެވެ. އަދި އެއާއި އެކުގައި ކާޖޮލްގެ ދަރިފުޅު ނިސާވެސް މިހާރު ހުރީ މިފަދަ ޓްރިޓްމެންޓެއް ނަގައި ދޮންވެގެން ކަމަށް އެމީހުން ތުހުމަތު ކުރެއެވެ.
ކާޖޮލް އެންމެ ފަހުން ފެނިގެން ދިޔައީ ރެވަތީ ޑައިރެކްޓްކުރި ފެމިލީ ޑްރާމާ "ސަލާމް ވެންކީ" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާސް އިން އޯޓީޓީ އަށް ތައާރަފުވާ "ދަ ގުޑް ވައިފް" އިންނެވެ. މީގައި އޭނާ ފެނިގެންދާނީ އޭނާ ފެނިގެންދާނީ ދިގު ބްރޭކަކަށް ފަހު އެނބުރި ލޯ ކެރިއަރަށް އެނބުރި އަންނަ ހައުސްވައިފްގެ ރޯލުންނެވެ. ސުޕާން ވަރްމާ ޑައިރެކްޓްކޮށްފައިވާ މި ސިލްސިލާއަކީ ހަމަ އެ ނަމުގެ އެމެރިކާގެ ޝޯގެ އޮފިޝަލް އެޑަޕްޓޭޝަނެކެވެ.