ޤައުމީ ޤުރުއާން މުބާރާތުގައި ކުރި ހޯދި ދަރިވަރުންނަށް ޕީއެޗްޑީ ސްކޮލަރޝިޕާއި ޢުމްރާ ދަތުރު

ޤައުމީ ޤުރުއާން މުބާރާތުގައި ކުރި ހޯދި ދަރިވަރުންނަށް ޕީއެޗްޑީ ސްކޮލަރޝިޕާއި ޢުމްރާ ދަތުރު

Author
އަހުމަދު
25 ސެޕްޓެމްބަރ 2026 08:39
0

 

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ތިން ގޮފީގެ ރަންވަނަ ހާސިލުކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމް، ޢާއިޝަތު ޒީކް ރިޔާޟް އަދި އާޔަން އަޙްމަދު ޢިނާން އެވެ.

ޙާފިޡުންގެ ގޮފީގެ އެއްވަނަ ލިބުނީ އިޒުޢާނަށް ކަމަށްވާއިރު، ނުބަލާ ކިޔެވުމުގެ ގޮފީގައި އެންމެ މަތިން ހުރީ ޒީކް އެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގެ ރަންވަނަ ހޯދީ އާޔަން އެވެ.

ވަނަ ހޯދި ދަރިވަރުންނަށް އިނާމުތައް ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރަންވަނަ ހޯދި ކޮންމެ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި 100,000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވާއިރު، އެދޭ ދާއިރާއަކުން، އެދޭ ޤައުމަކުން ޕީއެޗްޑީ ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕެއް ވެސް ދެއްވާފައިވެއެވެ.

އޭގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 75,000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޓްރޮފީއެއް އަދި ހަނދާނީ ލިޔުމެއް ދީފައިވާއިރު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރެއް ވެސް ހަދިޔާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.