ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވީ، ނިއުޔޯކްގައި މިހާރު ކުރިއަށްދާ އ.ދ ގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ ސެޝަނުގެ ހަވާސާގައެވެ.
ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ، ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހުރި ގުޅުން ކުރިއަށްވުރެ ވަރުގަދަކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
މި އަހަރު ދެބޭފުޅުން ބައްދަލުކުރައްވާފައި މި ވަނީ ފުރަތަމަ ފަހަރަށް ނޫނެވެ. މޭ މަހު އިރުތިޝާމް ވަނީ ޖައިޝަންކަރުގެ ދައުވަތަކަށް އިންޑިއާއަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ. ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރަކީ އެއީއެވެ.
އިރުތިޝާމަކީ މިހާރުގެ ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އެމަނިކުފާނު ވަނީ ބްރިޓަނަށް ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައި ހިދުމަތްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ