އެމްޓީސީސީން ވީއައިއޭއަށް ބާއްވަމުންދާ ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތް މިރޭ މެންދަމު 1:00 އާ ހަމައަށް އިތުރުކޮށްފި

އެމްޓީސީސީން ވީއައިއޭއަށް ބާއްވަމުންދާ ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތް މިރޭ މެންދަމު 1:00 އާ ހަމައަށް އިތުރުކޮށްފި

ގުޅުންހުރި

އެމްޓީސީސީން މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް، ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތް މެންދަމު 1:00 އާ ހަމައަށް އިތުރުކޮށްފިއެވެ. މި ނިންމުން ނިންމީ އުމްރާއަށް ގޮސްފައިވާ ގިނަ ބަޔަކު މިއަދު ރާއްޖެ އައުމާއި ގުޅިގެން އެއާޕޯޓަށް ބާރު ބޮޑުވެފައިވާތީއާއި، މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓުން ގެއަށް ދިޔުމަށް ދަތުރުވެރިންނާއި އާއިލާތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވާ ގޮތުގައި އާރުޓީއެލް ބަހުގެ ޚިދުމަތް މެންދަމު 1:00 އާ ހަމައަށް އާރު3، އާރު4 އަދި އާރު9 ރޫޓުތަކުގައި ކުރިއަށް ގެންދާނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވިދާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ތޮއްޖެހުން ބޮޑުވެފައިވަނީ މޫސުން ގޯސްވުމާ ގުޅިގެން ޓެކްސީ ހޯދުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނެވެ. އެމްޓީސީސީން އާރުޓީއެލް ބަހުގެ ޚިދުމަތުގެ ވަގުތު އިތުރުކުރުމުން ދަތުރުވެރިންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ