އަނެއްކާވެސް ހުޅުމާލޭގައި "ޝިރުކު" ކުރުމުގެ މައްސަލައެއް!

އަނެއްކާވެސް ހުޅުމާލޭގައި "ޝިރުކު" ކުރުމުގެ މައްސަލައެއް!

Author
ޢަލީ އާދަމް
17 ނޮވެމްބަރ 2022 11:01
0

ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަމާ ޚިލާފަށް އަނެއްކާވެސް ހުޅުމާލޭގައި "ޔޯގާ ޝިރު" ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުﷲ ސައުދާން ވަނީ މިއަދު ހުޅުމާލޭގައި މީހަކު އަޅުކަމެއް ކުރާހެން ވައްތަރުތަކެއް ޖައްސާ ވީޑިއޯއެއް ޓްވީޓުކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝައިޚް ވިދާޅުވެފައިވަނީ "މީ މިއަދު ހެދުނު ހުޅުމާލޭގައި ސްކޫލު ކުދިންތައް ފީލްޑް ޓިރިޕްއަށް ގޮސް އުޅުނުއިރު ފާޅުގައި ޝިރުކުގެ އަމަލު ކުރަމުން ދާ މަންޒަރެވެ. މި ކަމަކީ މިހާރު ވަރަށް އާންމު ކޮށް ކޮންމެ ދުވަހަކު ކުރަމުން ދާ ކަންކަން. މި މީހުންނަށް ފިޔަވަޅު ނޭޅެނީ ތޯ؟" އިސްލާމިކް މިނިސްޓްރީ ޓެގްކުރައްވައި ޝައިޚް ސައުދާން ވިދާޅުވެފައިވެއެވެ. މި ވީޑިއޯއިން ފެންނަނީ އަޅުކަންކުރާހެން އިރަށް ކުރިމަތި ލައިގެން އިރު އަރާ ވަގުތު މީހަކު ހަރަކާތްތަކެއް ކުރާތަނެވެ.

މިމަހުގެ 13ވަނަ ދުވަހުވެސް ވަނީ މިފަދަ މައްސަލައެއް ފެންމަތިވެފައެވެ. އެދުވަހު ޝައިޙް އާދަމް ނިޝާން ވަނީ ޓްވީޓްކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޢާންމުންގެ އެތައް ބަޔަކުވެސް މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރިއެވެ. އެދުވަހު އެއީ އެމްއެންޑީއެފްގެ ސެކިއުރިޓީގެ ޙިމާޔަތުގައި ހުޅުމާލޭގައި މީހަކު ޔޯގާ އަޅުކަންކުރުންކަމަށް ބުނެ ސޯޝަލްމީޑިއާގައި އެކި މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. އެދުވަހުގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެކިމީހުން ވަނީ ސޯޝަލް މީޑިއާގައި ޝެއަރކޮށްފައެވެ.

އެދުވަހުގެ ވީޑިއޯއިން ފެންނަނީ އިރުއަރާވަގުތު އިރަށް ކުރިމަތިލައިގެން ހުޅުމާލޭ ތޮށި މަތީގައި އިނދެގެން މީހަކު ޙަރަކާތްތަކެއް ކުރާ މަންޒަރެވެ.

މިކަންކަމުގެ ނުބައިކަން ބަޔާންކޮށް ދީނީޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ކަމާބެހޭ ރަސްމީ އިދާރާއަކުން އަދި އެއްޗެއް ނުބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.