އަރްބާޒްގެ ފިލްމް އަށް ދަރިފުޅު

އަރްބާޒްގެ ފިލްމް އަށް ދަރިފުޅު

ކުރީގެ ބޮލީވުޑްގެ އެކްޓަރު އަދި ސުޕަސްޓާ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާން ޕްރޮޑިއުސް އަދި ކުޅޭ ފިލްމް "ޕަޓްނާ ޝުކްލާ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އަރްބާޒްގެ ދަރިފުޅު އަރްހާން ޚާން މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަރްހާން އަކީ 1998 ވަނަ އަހަރު އަރްބާޒް އާއި ބަތަލާ މަލައިކާ އަރޯރާ ކުރި ކައިވެނިން ލިބުނު ހަމަ އެކަނި ދަރިފުޅެވެ. އަދި މީ މިދެމީހުންގެ ހުރި ހަމަ އެކަނި ދަރިފުޅުވެސް މެއެވެ.

އަރްބާޒް އާއި މަލައިކާ ގެ ކައިވެނި ނިމުމަކަށް އައީ 2017 ވަނަ އަހަރުގައިއެވެ. އަދި ދެމީހުން ވަކިވެ މަލައިކާ ވަނީ އޭނާއަށް އަށް ވުރެ 12 އަހަރު ހަގު އަރުޖުން ކަޕޫރް އާއި ރައްޓެހިވެގެން އުޅޭ ކަން އިއުލާން ކޮށްފައިއެވެ.

ހަމަ މިފަދައިން އަރްބާޒް ޚާން، 55، ގެ ހަޔާތަށްވެސް ވަނީ ލޯބިވެރިއަކު އައިސްފައިއެވެ. އޭނާގެ ލޯބިވެރިޔާ ޖޯޖިއާ އެންޑްރިއާނާ އާއި އެކުގައި ގިނަ ތަންތަނުން އޭނާ ފެނެއެވެ.

 

View this post on Instagram

 

A post shared by Arhaan Khan (@iamarhaankhan)

އެމެރިކާގެ ނިއު ޔޯކްގެ ލޯންގް އައިލޭންޑް ޔުނިވަސިޓީގައި ފިލްމު މޭކިން ކިޔަވަމުން އަންނަ 19 އަހަރުގެ އަރުހާން ބޮލީވުޑްއަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުން އަންނަ އިރުގައި އޭނާ ވަނީ ދާދި ފަހުން އިންޑިއާ އަށް ކުރި ދަތުރެއްގައި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ވެސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ.

 

View this post on Instagram

 

A post shared by Arhaan Khan (@iamarhaankhan)

"ޕަތުނާ ޝުކްލާ" އަކީ އަރުބާޒް ޕްރޮޑިއުސްކުރާ 6 ވަނަ ފިލްމެވެ. މީގެ ޑައިރެކްޓަރަކީ ވިވެކް ބުޑަކޯޓީއެވެ. ފިލްމް ގެ ބަތަލާ ރަވީނާ، 47، އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ އެންމެ ކާމިޔާބުއެއް ފިލްމު ކަމަށްވާ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2″ އިންނެވެ. ކާމިޔާބު އެތަށް ފިލްމުތަކެއް ކުޅުނު ބަތަލާ ބޮލީވުޑަށް ނުކުތީ ސަލްމާނާ އެކީ ކުޅުނު 1991 ގެ "ޕައްތަރު ކޭ ޕޫލް" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *