ށ.ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެއެވެ.
މި މަސައްކަތްކުރާ އެމްޓީސީސީން ބުނީ، ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ %62 މިހާރު ނިމިފައިވާކަމަށެވެ. އެއްގަމު ތޮށިލުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައިވާކަމަށާއި، ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުންޏެވެ.
ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ %62 މިހާރު ވަނީ ނިމިފައެވެ. އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ. އަދި، ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތެވެ.#MTCCProjects #RayyithungeKunfuni pic.twitter.com/7JcvQnrZJP
— MTCC Plc (@MTCCPlc) October 24, 2022
ޅައިމަގު ބަނދަރު މަޝްރޫޢުގެ ދަށުން 31000 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަޙާއްދެއްގެ ބޭރުތޮށި ލުމާއި 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓު ޖެހުމާއި ޕޭވްމަންޓު ހެދުމާއި ނެރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 53.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޅައިމަގަކީ ގިނައަދަދެއްގެ އޮޑިދޯނި ފަހަރު ގެންގުޅޭ ރަށަކަށް ވުމުން މި ބަނދަރާއިއެކު އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް އައު ބަނދަރާއެކު ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ