އެންޖެލީނާ ޖޯލީ ބަޔޮޕިކެއް ކުޅެނީ

އެންޖެލީނާ ޖޯލީ ބަޔޮޕިކެއް ކުޅެނީ

Author
ފާތިމަތު ނާވީ
24 އޮކްޓޯބަރ 2022 02:15
0

ހޮލީވުޑްގެ މަޝްހޫރު ބަޠަލާ އެންޖެލީނާ ޖޯލީ ބަޔޮޕިކެއް ކުޅެން ސޮއިކޮށްފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަޠަތަލާ ކުޅޭ ބަޔޮޕިކަކީ އެމެރިކާ ކުރީގެ އޮޕެރާ ލަވަކިޔުންތެރިޔާ މަރީޔާ ކެލަސްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މަރީޔާ ކެލަސްއަކީ ގްރީކް ދަރިކޮޅުގެ އެމެރިކާ މީހެކެވެ. މަރީޔާ އަކީ 20 ވަނަ ގަރުނުގައި އެންމެ ނަން މަޝްހޫރު އަދި ނުފޫޒުގަދަ އެއް އޮޕެރަ ހުށަހެޅުންތެރިޔާ ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އެކި ސިއްހީ މައްސަލަތަކަށްފަހު، މަރީޔާގެ އަޑަށް އަސަރުކޮށް، އޭނާ ވަނީ ލަވަކިޔުން ވެސް ފަހުން ހުއްޓާލައިފައެވެ. އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

 

View this post on Instagram

 

A post shared by Maria Callas (@mariacallasofficial)

"މަރީޔާ" ގެ ނަން ދީފައިވާ މި ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ އޮސްކާ އަށް ވެސް ނޮމިނޭޓްވި ޗިލީގެ ޑައިރެކްޓަރު ޕަބްލޯ ލެރައިން އެވެ. "މަރީޔާ" ގެ ސްކްރީންޕްލޭ ލިޔަނީ "ސްޕެންސް" ވެސް ލިޔުނު ސްޓީވެން ނައިޓެވެ.

 

View this post on Instagram

 

A post shared by Angelina Jolie (@angelinajolie)

"މަރީޔާ" ގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. ހޮލީވުޑްގެ އޭ ލިސްޓްގެ ބަލަތާ އެންމެ ފަހުން ފެނިފައިވަނީ މާވެލްގެ "ދި އިޓާނަލްސް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.