މަގޫދޫގައި އެއާޕޯޓެއް އެޅުމަށް 231 މިލިއަން ރުފިޔާއަށް ދައުލަތުގެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
852 މީހުންގެ އާބާދީގެ ފ. މަގޫދޫއަކީ މި ކުންފުނިން މިހާރުވެސް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ގެ މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. އެގޮތުން މި ރަށުގެ 1.22 ހެކްޓަރުގެ ބިމަށް އިތުރު 8.47 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. އިތުރުކުރެވޭ މި ބިމުގެ ސަބަބުން ފ. މަގޫދޫ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ.
އަދި އަލަށް މި ހިއްކޭ ބިމުގައި މިއަދު ސޮއެ ކުރެވުނު އެއަރޕޯޓް މަޝްރޫޢު ގެ މަސައްކަތްވެސް މުސްތަގުބަލުގައި ފެށިގެންދާނެއެވެ. ފ. މަގޫދޫ އެއަރޕޯޓް މަޝްރޫޢުއާއިއެކު މުޅި ފ.އަތޮޅުގެ 244,6 ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުކުރުމުގެ މައްސަލައަށް ބޮޑުތަނުން ހައްލު ލިބިގެންދާނެ ކަމަށް މި ކުންފުނިން ޤަބޫލުކުރަމެވެ. ސަބަބަކީ ކަނޑުމަގުން ފ. އަތޮޅުން މާލެއަށް ދަތުރުކުރުމަށް ލޯންޗެއްގައިވެސް 3 ގަޑިއިރުގެ ދިގު ދަތުރެއް ކުރަންޖެހުމެވެ. އަދި ކަނޑު ގަދަވެއްޖެނަމަ މިފަދަ ދިގު ދަތުރެއް ކުރުމަކީ ދަތި އުނދަގޫ ކަމަ ކަށް ވާތީއެވެ.
MTCC has signed an agreement with @MoNPHImv to develop Airport Infrastructure at F. Magoodhoo. CEO @adamazim signed on behalf of MTCC and Ms. Fathimath Shana Farooq, DG signed on behalf of Ministry. MP @Dhonbiley graced the ceremony.#MTCCProjects #RayyithungeKunfuni pic.twitter.com/Eo11ZkQcZB
— MTCC Plc (@MTCCPlc) October 19, 2022
ފ. އަތޮޅުގައި އެއަރޕޯޓެއް ނެތުމުގެ ސަބަބުން މި އަތޮޅުގެ ރައްޔިތުން ވައިގެމަގުން ދަތުރުފަތުރުކުރުމަށް ބޭނުންކުރަނީ ކައިރީގައި އޮންނަ އދ. މާމިގިލި ނުވަތަ ދ. ކުޑަހުވަދޫ އެއަރޕޯޓެވެ. އަތޮޅުން ބޭރުގައި އޮންނަ މި ދެ އެއަރޕޯޓު ން އަމިއްލަ ރަށަށް ގޮސް އައުމަށް ލޯންޗުފަހަރަށް ބޮޑެތި ހޭދަ މި އަތޮޅުގެ ރައްޔިތުން ކުރަންޖެހެއެވެ. ގެސްޓްހައުސް ވިޔަފާރިވެސް މި ސަރަހައްދުގައި ރަނގަޅު ފެންވަރުގައި ކުރިޔަށްގެންދިޔުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ އެއަރޕޯޓުކަމަށް އަތޮޅުގެ ގިނަ ރައްޔިތުން މިއަދު ޤަބޫލު ކުރެއެވެ.
މީގެ އިތުރުން ފ. މަގޫދޫގައި ހިންގާ މެރިން ސައިންސްއަށް ހާއްސަ އިޓަލީވިލާތުގެ ޔުނިވަރސިޓީ، މިލާނޯ ބިކޯކާ ތަރައްޤީވެ މުހިއްމު ކުރިއެރުންތަކެއް އެ ޔުނިވަރސިޓީއަށްވެސް މި މަޝްރޫޢުގެ ސަބަބުން އަންނާނެކަމަށް ފ. މަގޫދޫ ކައުންސިލުން ދެކެއެވެ. ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއެކު، މުޅި ފާފު އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނާއި ފ. އަތޮޅަށް އެކި އެކި ބޭނުންތަކަށް އަންނަ އެހެނިހެން ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ޤަބޫލުކުރަމެވެ.
މި މަޝްރޫޢުގެ ދަށުން، 1500 މީޓަރުގެ ރަންވޭއެއް ހެދުމާއި، އޭޕްރަން، ޓެކްސީވޭ، ފަޔަރ ޕެޑް އަދި ސަރވިސް ރޯޑްގައި ތާރު އެޅުމާއި، ޓާރމިނަލް ބިލްޑިންގްއެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ، ފަޔަރ ޕޮންޑް، އަދި އަލިފާން ނިއްވާ ވަސީލަތް ޤާއިމުކުރުމާއި، ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ޤާއިމުކުރުމާއި، ފެންސިންގ ޖެހުމާއި، އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، މެޓް ވަސީލަތްތައް ޤާއިމްކުރުމާއި، ގްރައުންޑް ހެންޑްލިންގ ވަސީލަތް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 54.231 މިލިއަން ރުފިޔާއަށް 550 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވ