އެމްއާރުޑީސީ އުވާލީ ލިބެންޖެހޭ 171.1 މިލިއަން ރުފިޔާ ނުހޯދައި: އޮޑިޓް

އެމްއާރުޑީސީ އުވާލީ ލިބެންޖެހޭ 171.1 މިލިއަން ރުފިޔާ ނުހޯދައި: އޮޑިޓް

Author
މުޙައްމަދު ޖިމީ
13 އޮކްޓޯބަރ 2022 10:22
0

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ކުންފުނި އުވާލިއިރު، އެކުންފުންޏަށް ލިބެންޖެހޭ 171.7 މިލިއަން ރުފިޔާ ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާވާ އެމްއާރުޑީސީ އުވާލީ 2018 ވަނަ އަހަރު އެންމެ ރަނގަޅަށް މަޝްރޫޢުތައް ކުރިއަށް ނުދާކަމަށް ބުނެއެވެ. އަދި އެކުންފުނިން ފައިސާތައް ނަހަމަގޮތުގައި ޚަރަދުކުރާކަމާއި، މަޝްރޫޢުތައް ލަސްވާކަމަށްވެސް އުވާލި ސަބަބެއްކަމަށް ބުނެފައިވެއެވެ. އަދި އޭގެ ފަހުން އުފެއްދީ އާރުޑީސީއެވެ.

ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުގައި އެމްއާރުޑީސީ އުވާލަން ނިންމުމާ ގުޅިގެން، އެ ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް މެއި 2018 ގައި އެ ކުންފުންޏާއި ލިކުއިޑޭޝަންގެ މަސައްކަތްކުރާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި އެއްބަސްވުން އުވާލައި އެކުންފުނީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތައް ތައްޔާރުކޮށް ކުންފުނީގެ އެސެޓުތައް ހިފަހައްޓައި، ކޮންޓްރޯލްކޮށް އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރުގެ ޒިންމާ އެއް ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ލިކުއިޑޭޓަރު އެމްއާރުޑީސީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތަކުގެ ރިޕޯޓެއް ތައްޔާރު ކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައި، އެމްއާރުޑީސީ އުވާލުމާ ހަމައަށް އަދާ ހަމަކޮށްފައިވާ، ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތަފްސީލީ ރިޕޯޓެއް ވެސް ލިކުއިޑޭޓަރު ތައްޔާރުކޮށްފައިނުވުމާއި، އެމްއާރުޑީސީ އެންމެ ފަހުން އޮޑިޓު ކުރެވުނު 2017 ވަނަ އަހަރުގެ ނިޔަލަށް ވެސް 171.7 މިލިއަން ރުފިޔާ ލިބެންޖެހޭކަން ފާހަގަކޮށްފައިވެއެވެ. އަދި އުވާލުމަށްފަހުވެސް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދާފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އެހެންކަމުން ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމާއި ސައްހަ ދަރަނިތައް އަދާކޮށް، ކުންފުނި އުވާލުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޟ ޟަނީ
BRIDGE VAAHAKA DEKEY DHO MMPRC RDC RAEES Y GE MOLHU VISNUN THEE RDC AH LIBENJEHEY FAISAA SINGAPORE GA NEYBAA
ޝ ޝާން
BRIDGE HEDIJETHAA NEE ASLU TIYA ECONOMIST GE FENVARU