ގަސް ވިއްކާ ފިހާރައެއް މާލެ ސިޓީ ކައުންސިލުން ހުޅުވައިފި، މުޢިއްޒު ވިދާޅުވީ މާލެ ފެހިކުރާނެކަމަށް

ގަސް ވިއްކާ ފިހާރައެއް މާލެ ސިޓީ ކައުންސިލުން ހުޅުވައިފި، މުޢިއްޒު ވިދާޅުވީ މާލެ ފެހިކުރާނެކަމަށް

ގުޅުންހުރި

މާލޭގައި އެއްލައްކަ ގަސް އިންދުމަށް ސިޓީ ކައުންސިލުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން މާލޭގައި ހުޅުވައިފިއެވެ. މި ފިހަރަ ހުޅުވާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. "މާލެ ފެހި" މި ނަމުގައި މި ފިހާރަ ހުޅުއްވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ފިހާރަ ހުޅުއްވުމަށްފަހު މޭޔަރު މުއިއްޒު ވިދާޅުވީ،މޭޔަރު ވިދާޅުވީ، އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި އަދި ވަށައިޖެހޭ ގޮތެއްގައި ކުރިއަށް ގެންދާނެކަމަށެވެ. އަދި މާލޭގެ އެކި މައިޒާންތަކާއި ޕާކުތައް ފެހިކުރަން ގަހާއި ވިނަ އިންދިނުމުގެ މަސައްކަތް ވެސް ކުރަމުންކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި ގަސް ގަތުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން އަންނަކަމަށާއި، އޭގެ ސަބަބުން ސިޓީ ކައުންސިލަށް ވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވާނެކަމަށް ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ގަސް އިންދައި މާލެ ފެހިކުރާނެ ބައެއްކަމަށެވެ.

މުއިއްޒު މިހެން ވިދާޅުވީ މާލޭ އަމީނީމަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އާރުޑީސީން އެމަގުގައި ހުރި ޒަމާންވީ ބޮޑެތި ބިޔަ ގަސްތައް ކަނޑާތީ އެކަމަށް އިޝާރާތްކުރަމުންނެވެ. އެކަމާއި ބައެއް ޢާންމުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ