މި މަހުގެ ފުރަތަމަ 18 ދުވަހު ރާއްޖެއަށް 18،723 ފަތުރުވެރިން

މި މަހުގެ ފުރަތަމަ 18 ދުވަހު ރާއްޖެއަށް 18،723 ފަތުރުވެރިން

Author
ޢަލީ އާދަމް
20 ނޮވެމްބަރ 2020 08:57
0

މިމަހުގެ ފުރަތަމަ 18 ދުވަހު ރާއްޖެއަށް 18،723 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަދަދާ އެކު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަ މިވަނީ 59،105 އަށް އަރާފައެވެ. އަދި މުޅި މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު 441،952 އަށް އަރައެވެ.

 

އޮސްޓްރިއަން އެއަރލައިންސް އިން ރާއްޖެ އައި ފަތުރުވެރެން – ފޮޓޯ: ވީއައިއޭ

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓްގެ އެންމެ ކުރީގައި އަދިވެސް އޮތީ ރަޝިއާ އެވެ. އެ ގައުމުން މިހާތަނަށް 12،961 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަމީހުން އައި ގައުމުގެ ގޮތުގައި ކުރިން އޮތް އިނގިރޭސި ވިލާތް ފަހަތައް ޖައްސާލުމަށްފަހު މި ލިސްޓްގެ 2 ވަނާގައި މިހާރު އޮތީ އިންޑިއާއެވެ. އިންޑިއާއިން މިހާތަނަށް 5،449 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި 5 ގައުމު:

ރަޝިއާ – 12،961
އިންޑިއާ – 5،449
އިނގިރޭސި ވިލާތް – 4،745
އެމެރިކާ – 4،396
ޔޫއޭއީ – 4،051

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިޔަ ވަރަކަށް އެއަރ ލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރު ތައްވެސް މިހާރު ގެންދަނީ އިތުރު ކުރަމުންނެވެ. މިވަގުތު ރާއްޖެއަށް ދަތުރު ކުރާ ޖުމްލަ 16 އެއަރލައިންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން އުފުލާފައިވަނީ އެމިރޭޓްސް އިން ނެވެ. އެ އެއަރލައިނުން މިހާތަނަށް 19،740 ދަތުރުވެރިން ވަނީ އުފުލާފައެވެ.

ރާއްޖެއަށް އެންމެ ގިނަ ދަތުރުވެރިން އުފުލި 5 އެއަރލައިން:

އެމިރޭޓްސް – 19،740
ޤަތަރު އެއަރވޭސް – 18،183
އޭރޯފްލޮޓް – 8،196
ޓަރކިޝް އެއަރލައިންސް 4،822
އިންޑިގޯ – 4،789

މި ލިސްޓްގެ 6 ވަނައިގައި އޮތީ ދިވެހިންގެ ގައުމީ އެއަރލައިން މޯލްޑިވިއަން އެވެ. މޯލްޑިވިއަނުން މިހާތަނަށް ޖުމްލަ 2،894 ދަތުރުވެރިން ވަނީ އުފުލާފައެވެ.

މިވަގުތު ޖުމްލަ 16 އެއަރ ލައިނުން ރާއްޖެއަށް ދަތުރު ކުރި ނަމަވެސް އަންނަ ޑިސެމްބަރު މަސް ނިމޭއިރު 25 އެއަރ ލައިނަކުން ދަތުރު ކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.