ނެޓްފްލިކްސް އިން ގެނެސްދިން ކާމިޔާބު ފިލްމް "365 ޑޭސް" ގެ ތަރި މިކެލް މޮރޯނީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މަޝްހޫރު ޓިވީ ސެލެބްރިޓީ ކްލޯއީ ކާޑޭޝިއަން އާއި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ވާހަކައެއް ދެކެވެން ފަށާފައި މި ވަނީ އެ ދެ މީހުން އެކުގައި ވަރަށް ގައިގޯޅިކޮށް އުޅޭ ވީޑިއޯއެއް ވެސް ލީކުވުމާ ގުޅިގެންނެވެ. އިޓަލީއަށް އުފަން މިކެލް، 31، އާއި ކްލޯއީ ކާޑޭޝަން، 38 މި މަހުގެ 24 ވަނަ ދުވަހު ނަގާފައިވާ ވީޑީއޯއެއް ވަނީ ވައިރަލް ވެފައެވެ.
Khloé Kardashian e Michele Morrone durante o “After Party” na Itália – 24 de setembro. pic.twitter.com/m4axDQqiG5
— Khloé Kardashian Brasil (@khloedashbra) September 25, 2022
ކްލޯއީ އަކީ ކުރިން ކައިވެންޏެއްކޮށް ދަރިއަކު ވެސް ހުރި މީހެކެވެ. އަނެއްކޮޅުން މިކެލް އަށް ވުރެ ކްލޯއީ ދޮށްޓެވެ. އެމީހުންގެ ފޭނުން ބުނަނީ އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ މީ ވަރަށް ޝައުގުވެރި ކަަމަކަށް ވާނެ ކަަމަށެވެ.
HELPP WHAT KHLOE IS DATING MICHELE?? I’m sorry but this is what Khloe needed, out with the OLD NBA Player and in with the new Italian actor! We are tired of NBA boyfriends they are walking red flags, hopefully Michele treats her right.#KhloeKardashian #michelemorrone pic.twitter.com/ZGXT8oU0AS
— Sana (@SanaRavishing) September 24, 2022
މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްގެ ކުރީގެ އަންހެނުން ކިމް ކާޑޭޝިއަނާ އެއްބަނޑު އެއްބަފާ ކްލޯއީ ކުރިން ކައިވެނިކުރީ އެމެރިކާގެ ކުރީގެ ބާސްކެޓް ތަރި ލެމާރް އޯޑޮމްއާއެވެ. 2009 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2016 ވަނަ އަހަރުއެވެ. ކްލޯއީގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު، ޓުރޫ ތޮމްޕްސަންގެ ބައްޕަ އަކީ އޭނަ ކުރިން ރައްޓެހިވެގެން އުޅުނު ކެނެޑާ އަށް އުފަން ބާސްކެޓް ތަރި، ޓްރިސްޓަން ތޮމްޕްސަނެވެ.
މޮރޯނީ އަކީވެސް ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ލުބުނާނުގެ ފެޝަން ޑިޒައިނަރެއްކަމަށްވަ ރައުބާ ސާދޭ އާއި 2014 ވަނަ އަހަރު މޮރޯނީ ވަނީ ކައިވެނިކޮށްފައެވެ. އެ ކައިވެނި ރޫޅިފައިވަނީ 2018 ވަނަ އަހަރުއެވެ.
މޮރޯނީ ވަނީ ބޮލީވުޑް ބަތަލާ ޖެކޮލީން ފެނާންޑޭޒް އާއިއެކު ހިންދީ ލަވައެއްވެސް ކުޅެފައެވެ. މިކެލްގެ "365 ޑޭސް" ގެ ސީކްއެލް "365 ޑޭސް: ދިސް ޑޭ" ގެނެސްދިނީ މި އަހަރުގެ އެޕްރީލްގައެވެ.