ސަރުކާރުން އާންމު ރައްޔިތުންނަށް ސިއްޙީ އެހީތެރިކަން ފޯރު ކޮށްދެމުންދާ ދެ ކުންފިނި ކަމަށްވާ އެސްޕާއާއި އާސަންދަ ކުންފުނީގެ އެންމެ އިސްމަގާމްގައި ތިއްބެވި ދެބޭފުޅުން އެއް ކުންފިނިން އަނެއް ކުންފުންޏަށް ބަދަލު ކޮށްފިއެވެ.
މިގޮތުން މި ސަރުކާރު ވެރިކަށް އައުމަށްފަހު އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމަށް ހަމަޖެއްސެވި މަރިޔަމް ޝަފީގު މިއަދުވަނީ އަނެއްކާވެސް އެންސްޕާގެ ސިއީއޯގެ މަގާމަށް ހަމަޖައްސަވާފައެވެ. ރައީސް ޔާމިންގެ ސަރުކާރުގެ ދުވަސްވަރުއްސުރެ އެންސްޕާގެ ސީއީއޯކަން ކުރައްވަމުން ގެންދަވާ އައްޒާމް ވަޖީހުވަނީ އާސަންދަ ކުންފުނީގެ ސީއީއޯގެ މަގާމަށް ބަދަލު ކުރައްވާފައެވެ.
މި ދެބޭފުޅުން އެއްކުންފުނިން އަނެއް ކުންފުންޏަށް ބަދަލު ކުރެއްވި ސަބަބު ރައީސް އޮފީހުން ހާމަ ކުރައްވާފައި ނުވާއިރު، މި ދެބޭފުޅުންނަކީވެސް މިދާއިރާގައި ދިގުމުއްދަތެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ ދެ ބޭފުޅުންނެވެ.
މިގޮތުން މަރިޔަމް ޝަފީގުވަނީ ސިއްހީ ދާއިރާއާއި ދައުލަތުގެ އެހެން ބައެއް އިސް މަގާމްތައްވެސް ފުރުއްވާފައެވެ. އޭގެ އިތުރުން އޭނާވަނީ އެލައިޑް އިންޝޫރަންސްގައިވެސް މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ.
އާސަންދަ ކުންފުނީގެ އެމްޑީކަމަށް ބަދަލު ކުރެއްވި އައްޒާމް ވަޖީހު އާސަންދަ ކުންފުނީގެ ސީއޯއޯކަމަށް އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައެވެ. އެއަށްފަހު ސަރުކާރު ބަދަލުވެގެން އައުމަށްފަހުވެސް އޭނާވަނީ އެމަގާމްގައި ބަހައްޓަވާފައެވެ.