ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައު ޑިރެކްޓަރެއް އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ވަނީ އިއްޔެ ރަސްމީކޮށް ހާމަކޮށްފައެވެ. އެގޮތުން، ހުޅުމާލެ، ހިޔާ، 8-01-04 ގައި ދިރިއުޅުއްވާ ޔާސީން ޙުސައިން ވަނީ އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރެވިފައެވެ.
ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތްކަމުގައިވާ ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށްފައިވީނަމަވެސް، މި އައްޔަނުކުރުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އެމްޓީސީސީއަކީ ދިވެހި ސަރުކާރާއި ރައްޔިތުން ހިއްސާވާ މުހިންމު ކުންފުންޏެއްކަމަށްވުމާއެކު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ގެނެވޭ ބަދަލުތަކަކީ ކުންފުނީގެ މުސްތަޤްބަލީ ދުވެލިއަށް އަސަރުކުރާނެ ކަންކަން ކަމުގައި ބެލެވެއެވެ.
ކޮމެންޓު ފޮނުވާ