މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތޮށިމަތީގައި ޖަހާފައި ހުރި ބަޖިޔާގާތަކާއި ހިލަތަކުގެ ދޭތެރެއަށް ވެއްޓުނު 50 އަހަރުގެ ދިވެހި ފިރިހެނަކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ސަލާމަތްކޮށްފި އެވެ.
މިއަދު ހަވީރު 17:24 ހާއިރު ހިނގި މި ހާދިސާގައި، އެ މީހާ ވެއްޓުނީ ބަޖިޔާގާތަކާއި ހިލަތަކުގެ ދެމެދުގައި ހެދިފައި އޮތް ހުސްޖާގައަކަށް ބޯކޮޅުވަތަށެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، ރެސްކިޔު ޓޫލްސްގެ އެހީގައި ހިލަގާތައް ދުރަށް ޖައްސައި، އެ މީހާ ސަލާމަތްކުރި އެވެ.
އިތުރު ފަރުވާ ދިނުމަށް އޭނާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި އެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ