އާސިރީ ހޮސްޕިޓަލުތަކުން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ކަނޑައިލި ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި

އާސިރީ ހޮސްޕިޓަލުތަކުން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ކަނޑައިލި ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި

ގުޅުންހުރި

ސަރުކާރުން ބިލްތަކަށް ފައިސާ ނުދައްކާތީ، އަވަށްޓެރި ސްރީލަންކާގެ އާސިރީ ހޮސްޕިޓަލުތަކުން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ކަނޑައިލި ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް، އެ ހޮސްޕިޓަލްތައް ހިންގާ ކުންފުނިން ދޮގުކޮށްފިއެވެ. ސޯޝަލް މީޑިއާގައި މި ވާހަކަތައް ދައުރުވަމުން ދިޔައީ ލަންކާގައި ހުންނަ އާސިރީ މެޑިކަލް ހޮސްޕިޓަލާއި، އާސިރީ ސެންޓްރަލް ހޮސްޕިޓަލް އަދި އާސިރީ ސާޖިކަލް ހޮސްޕިޓަލުން ދިވެހިންނަށް އާސަންދައިގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން، އާސިރީ ހެލްތު ގުރޫޕުން ހާމަކޮށްފައިވަނީ އެފަދަ އެއްވެސް ހިދުމަތެއް މެދުކަނޑާލާފައި ނުވާ ކަމަށެވެ. އެ ކުންފުނިން ވިދާޅުވެފައިވަނީ، އާސަންދަ ކުންފުންޏާއެކު އޮތް ވަރުގަދަ ގުޅުން ދަމަހައްޓަމުން އަންނަ ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި މީގެ އިތުރުން، އާސިރީ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ ދިވެހިންނަށް އެންމެ ރަނގަޅު ފަރުވާއާއި ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އެ ހޮސްޕިޓަލުން ދީފައިވެއެވެ.

އާސިރީ ހެލްތު ގުރޫޕުން އިތުރަށް ބަޔާންކޮށްފައިވަނީ، މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެކަމަށް ހާއްސަކޮށްފައިވާ ޑިޕާޓްމަންޓާ ގުޅުމަށް ދިވެހިންގެ ކިބައިން އެދޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ