އައްޑޫގައި ޕާކްކޮށްފައި ހުރި ޕްރައިވެޓް ޖެޓްތައް -ފޮޓޯ: ޖީއައިއޭ/ އިއުޖާޒް ޢަލީ

ލަގެޖްގައި ބޮމެއް އޮތްކަމަށް ބުނުމުން، ދެމީހަކު ގަން އެއަރޕޯޓުގައި ހައްޔަރު ކޮށްފި

ލަގެޖްގައި ބޮމެއް އޮތްކަމަށް ބުނުމުން، ދެމީހަކު ގަން އެއަރޕޯޓުގައި ހައްޔަރު ކޮށްފި

އައްޑޫ ސިޓީގެ ގަން އެއަރޕޯޓަށް ފުރަން ދިޔަ ދެމީހެއްގެ ދަބަހުގައި ބޮމެއް އޮތްކަމަށް ބުނުމުން އެމައްސަލާގައި ފުލުހުން ދެމީހަކު ހައްޔަރު ކޮށްފިއެވެ. ބޮމެއްގެ އިންޒާރުދިން ދިނުމާއިގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދެމީހަކު ގެނެވިފައިވާކަން ފުލުހުންގެ އިދާރާއިން ވަނީ ކަށަވަރުކޮށް ދީފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެއަރޕޯޓަށް ފުރަން ގޮސްހުރި މީހަކު ބޮމެއް އޮތްކަމަށް ބުނި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިއަދު ހަވީރު 17:25 ހާއިރުއެވެ. އަދި އެމައުލޫމާތު އެމްއެންޑީއެފްއާވެސް ހިއްސާ ކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮމެއް އޮތްކަމަށް ބުނި މީހާގެ ލަގެޖްތައް ފާސްކޮށް ބެލިއިރު އޭނާގެ ޖަގެޖުން ބޮމެއް ފެނިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.