ކިންގް ޢަބްދުލް ޢަޒީޒް ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ނަބީހު ދަތުރުކޮށްފި

ކިންގް ޢަބްދުލް ޢަޒީޒް ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ނަބީހު ދަތުރުކޮށްފި

ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤްރުއާން މުބާރާތުގެ ފައިނަލް ބުރަށް ރާއްޖޭގެ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރު ދަތުރުކޮށްފިއެވެ.

މިފަހަރު މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ އަޙްމަދު ނަބީޙް ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ. އެ މުބާރާތުން، ނަބީހު ވަނީ، ހިތުން ކިއުމުގެ ބައިން ފުރަތަމަ ރައުންޑުން ރަނގަޅު ނަތީޖާއެއް ހޯދުމުން ދެ ވަނަ އަދި ފައިނަލް ރައުންޑަށް ދަތުރުކޮށްފައެވެ.

ނަމަވެސް، ހަރަމްފުޅުގައި ބޭއްވި ފަހު ބުރުގެ ކިޔެވުން ގެންދަނިކޮށް އެ ތަނަށް ދޫންޏެއް ދިއުމުން އެކަމާ ނަބީހު ބިރުގަތުމުން ކިޔެވުމުގައި ކޮންމެ ވެސް ވަރަކަށް އުނދަގޫތަކެއް ދިމާވިއެވެ. އެ މުބާރާތުގެ ނަތީޖާ އިއުލާނުކުރުން މާދަމާ އޮންނާނެއެވެ.

މިމުބާރާތަށް ބައިވެރިން ހޮވާފައިވަނީ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަސްގެންދިޔަ އޮޑިޝަންއަކުންނެވެ. މި އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންގެ ހާޒިރުގައި ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތް ނިންމައި ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެންބަރު 2022 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.