ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށް، މުޖުރިމަކަށް ހަދައިގެން ނުވާނެ: ޚުތުބާ

ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށް، މުޖުރިމަކަށް ހަދައިގެން ނުވާނެ: ޚުތުބާ

ތިމާއާ ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށް، މުޖުރިމަކަށް ހަދައިގެން ނުވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ދެބަސްވުމުގެ އަދަބުތައް" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ވިސްނުންތަކާއި، ފިކުރާއި ރައުޔުތައް ތަފާތުކޮށް މާތް ރަސްކަލާންގެ ލައްވާފައިވަނީ އެކަލާނގެ ނިޔާކުރައްވާފައިވާ ހިކުމަތެއްގެ ދަށުން ކަމަށެވެ.

ޚުތުބާގައި ބުނެފައިވަނީ އިންސާނަކީ އަނެއް އިންސާނާއަށްވުރެ އެތަފާތު މީހެއްގެ ގޮތުގައި ހަލްގުކުރައްވާފައިވަނީ އެ ތަފާތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިގޮތުން ކީރިތީ ރަސޫލާ މުޝްރިކުންނާއި މުއާމަލާތުކުރުމުގައި ވެސް ގެންގުޅުއްވި މަޑުމައިތިކަމާއި، ރިވެތި އުސޫލުތަކަށް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. މިގޮތުން އެމީހެއްގެ ވާހަކަ މެދުކަނޑާނުލައްވައި ކަނުލާ އަޑު އެއްސެވިކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚިޔާލު ތަފާތުވިޔަސް ވާހަކަދެއްކުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކެއް ވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އިސްލާމީ ތާރީޚުން ފެނިފައިވާ އަދަދު ނުކުރެވޭހާ ގިނަ މިސާލުތަކުން އެނގެނީ މުސްލިމުންނަކީ ޚިޔާލު ފާޅުކުރުމުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެން މީސްތަކުންނާއި މުއާމަލާތުކޮށްފައިވާ ބައެއްކަން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

އަހަރެމެން ހިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށްގެން ނުވާނެ. އަހަރެމެންނާ ދެބަސްވާ ކޮންމެ މީހަކު މުޖްރިމަކަށް ހަދައިގެން ނުވާނެ. ދީނީ މައްސަލަތަކުން މައްސަލައެއްގައި ބުހުސްކުރާނަމަ އެ މައްސަލައަކާ ބެހޭގޮތުން އިލްމުވެރިންގެ ރައުޔުތަކާއި ހުއްޖަތްތަކުގެ އަލީގައި މެނުވީ ޖަދަލުތައް ކުރިއަށްގެންގޮސްގެން ނުވާނެ.

– ހުތުބާގައި ބުނެފައިވެއެވެ.

އެބަޔަކީ ވެރިންކަމުގައި ވިޔަސް، ރައްޔިތުން ކަމުގައިވިޔަސް، ތަފާތު ޕާޓީތަކުގެ މީހުން ކަމުގައިވިޔަސް، މުދައްރިސުން ކަމުގައިވިޔަސް ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ރައުޔު ތަފާތުވާ ކޮންމެ ވަގުތަކު މީސްމީޑިޔާއަށް އަރައި ހުޅު ރޯކުރާ ބަޔަކަށް ނުވުމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

އަހަރުމެންނަކީ ވެރިން ކަމުގައިވިޔަސް، ރައްޔިތުން ކަމުގައި ވިޔަސް، ތަފާތު ޕާޓީތަކުގެ މީހުން ކަމުގައި ވިޔަސް، ތަފާތު ޖަމާއަތްތަކުގެ މެމްބަރުން ކަމުގައިވިޔަސް، ދީނީ އިލްމުވެރިން ކަމުގައިވިޔަސް، މުދައްރިސުން ކަމުގައި ވިޔަސް، ދަރިވަރުން ކަމުގައި ވިޔަސް، އަންހެނުން ކަމުގައި ވިޔަސް، ފިރިހެނުން ކަމުގައި ވިޔަސް، ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭނެ.

– ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ވަނީ މިފަދަ ބޭއަދަބީ އަޚުލާގުތަކާއި ދުރުވެ، މާތް ރަސްކަލާންގެ އާއި އެކަލާނގެ ރަސޫލާގެ މަންހަޖަށް އެނބުރި ދިއުމަށް ނަސޭހަތްތެރިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ލަވަ އލީއާއި ސަލަފުގެމީހުން ވަރަށް މޭކަރާނެއެވެ. ސޭހު ފަޓުލޫނާއި ޔޯގާ ނިޝާން ކީކޭބާ ބުނަނީ.

Leave a Reply

Your email address will not be published.