ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ އާބާދީގެ %80 އަަށް ވަނީ ނަރުދަމާ ނިޒާމްގެ ޚިދުމަތް ކަށަވަރު ކޮށްދެއްވާފައި ކަމުގައި ރައީސް ޔާމީންގެ ވެރިކަމުގައި އެންވާރަމަންޓަތުގެ މަޤާމު ފުރުއްވި މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑަށް އިޝްތިހާރު ކުރާ އެއް މަޝްރޫޢަކީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކެވެ. ރައީސް ޞާލިހުވެސް ވިދާޅުވެފައިވަނީ މިސަރުކާރުން ރައްޔިތުންނަށް ޚިދުމަތްދޭން ފަށާއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާޒީގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ކަންކަން ފުރިހަމަ ކޮށްފައި ނުވުންކަމަށެވެ.
ސަރުކާރުން ފެނާއި ނަރުދަމާގެ މަޝްރޫޢާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ކުރީގެ އެންވާރުމަންޓް މިނިސްޓަރ ތޯރިޤު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގުމަށް ކޮށްފައިވާ މަސައްކަތްތަކަކީ އޮޅުވާލެވޭނެ ކަމެއް ނޫންކަމަށެވެ. އެގޮތުން އާބާދީގެ %80ގައި ނަރުދަމާ އަދި %60 ގައި ފެނުގެ ނިޒާމުގެ ޚިދުމަތް ކަށަވަރު ކޮށްދެއްވާފައިވާނެކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ އުއްމީދީ ވެރިކަން ނިމުނުއިރު ދިވެހިރާއްޖޭގެ އާބާދީގެ %80 އަަށް ވަނީ ނަރުދަމާ ނިޒާމްގެ ޚިދުމަތް ކަށަވަރު ކޮށްދެއްވާފަ އަދި އާބާދީގެ %60 އަށް ވަނީ ސާފުފެނުގެ ނިޒާމުގެ ޚިދުމަތް ކަށަވަރު ކޮށްދެއްވާފަ. މި ހަޤީޤަތް ދިވެހި ލޮބުވެތި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ!
– ތޯރިގު ވިދާޅުވިއެވެ.
މިސަރުކާރުން ބުނެފައިވަނީ ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ މަދު ރަށެއްގައި ނޫނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރެވިފައި ނުވާކަމަށެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިހާރު ޓެންޑަރ މަރުހަލާއިން ފެށިގެން، ކޮންމެވެސް މަރުހަލާއެއްގައި ފެނާ ނަރުދަމާ ފެށިފައިނުވާ އެއްވެސް ރަށެއް ރާއްޖޭގައި މިހާރު ނޯންނާނެކަމަށެވެ. އަދި އަމާޒަކީ މި ދައުރުގެ ނިޔަލަށް ހުރިޙާ ނަރުދަމާތަކުން އަތްދޫކޮށްލާ، ހުރިހާ ފެނުގެ ނިޒާމްތަކެއް ތާޒާކަމާއެކު ހިނގަ ހިނގާހުރުންކަމަށް ރައީސް ވިދާޅުވިއެވެ.
One Response
ތޯރިގު އެހެއްދެވީ ކަޑައެޅިގެން ދޮގު ރަށަކަށްގޮސް އެރަށުގެ އޮފީހަށް ވަދެ މޭޒުމަތީގައި ބަހައްޓާފައި ހުރި ފެން ޖަގެއް އޮށްސާލީމާ އެވޭތަ ފެނުގެ ހިދުމަތް ދެވުނުކަމއް