ތާރަ އެޅުމަށް އަމީނީ މަގުން ބައެއް ބަންދު ކޮށްފި

ތާރަ އެޅުމަށް އަމީނީ މަގުން ބައެއް ބަންދު ކޮށްފި

Author
ހުސެއިން
12 ސެޕްޓެމްބަރ 2022 06:12
0

މާލޭގެ އެންމެ ބޮޑު އެއް މަގު ކަމުގައިވާ އަމީނީ މަގުގައި ތާރަ އެޅުމަށްޓަކާ، ދުއްވާ އެއްޗާއި ހިނގާ މީހުންނަށްވެސް ނުވަދެވޭ ގޮތަށް އަމީނީ މަގުން ބައެއް މިއަދު ބަންދު ކޮށްފިއެވެ.

އަމީމަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ އާރުޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަމީނީ މަގުގައި ތާރަ އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ބަންދު ކޮށްވާ ސަރަހައްދަކީ ބޮޑުތަކުރުފާނު މަގާމައި އަމީނީމަގު ގުޅޭ ހިސާބުން ފެށިހެން އިތުދޭމާ ހިނގުމާއި ހަމަޔަށް އެމަގު ވަނީ ބަންދު ކުރެވިފައި ކަމަށެވެ.

އަމީނީ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ފާއިތުވެދިޔަ އޮގަސްޓުމަހުގެ 30ވަނަ ދުވަހުއެވެ.

މި ޕްރޮޖެކްޓް ފައްޓަވައިދެއްވީ މާލެ ސިޓީގެ ކުރީގެ މޭޔަރ މައިޒާން އަލިމަނިކްއެވެ. މާލޭގެ އަމީނީ މަގަކީ ވެރިރަށް މާލޭގެ އެންމެ މުހިންމު އެއް މަގެވެ. މާލޭގެ ހުރިހާ އަވަށްތައް ގުޅާލާ މި މަގަކީ ގިނަ ޚިދުމަތްތައް ޤާއިމުވެފައިވާ މަގެކެވެ. އޮފީސްތަކާ އިދާރާތަކާއި ސްކޫލްތައްވެސް ގިނަ މަގެކެވެ.

ވާރޭ ވެހިއްޖެނަމަ މަގުތަކުގެ ފޫޓަކަށް ފެން ބޮޑުވާ ފަހަރުވެސްދެއެވެ. އަދި ފެން ނުހިނދި މަގު ތަޣައްޔަރުވުމާއި، މަގުތަކުގެ އަޑިގުޑަންކަމަކީވެސް މަގު ބޭނުންކުރާ ކޮންމެ މީހަކަށްމެ އޭގެ ތަކުލީފު ބޮޑު މައްސަލައެވެ. މިހާތަނަށްވެސް ހައްލު ނުވެވާ މި މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ނިންމަވާ، އޭގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކުރީ ޖުލައި މަހުގެ 3ވަނަ ދުވަހުއެވެ.

މިމަގުގައި ތާރައެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވުމުގައި މާލެ ސިޓީގެ ކުރީގެ މޭޔަރ މައިޒާން އަލި މަނިކް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްއެވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މި މަސައްކަތުގައި މުޅި އަމީނީމަގުގައި ތާރު އަޅާ ތަރައްޤީކުރާނެއެވެ. އެއީ 1.79 ކިލޯމީޓަރުގެ މަގެވެ.

އަމީނީ މަގުގައި ތާރައެޅުމުގެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ރަސްމިއްޔާތުގައި އާރުޑީސީގެ އެމްޑީ ވިދާޅުވެފައިވަނީ، މި މަސައްކަތުގައި އެންމެ ދަތި ކަމަކަށްވާނީ މަގުތަކުގެ އަޑި އޮތް ގޮތް ނޭގުން ކަމުގައެވެ. ނަމަވެސް ކުންފުނީގެ ޢަމާޒަކީ ޓައިމްލައިނާ އެއްގޮތަށް 7 މަސް ދުވަހުން މަސައްކަތް ނިންމުންކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފުރަތަމަ މަގު ހަދަން ފަށާފައިވަނީ ހެންވޭރުކޮޅުން، ކަލާފާން ސްކޫލާ ހަމައަށެވެ. މަގުގެ މަސައްކަތް 13 ސެގްމަންޓަކަށް ވަނީ ބަހާލާފައެވެ. މި ޕްރޮޖެކްޓަކީ ސަރުކާރުން 84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.