ވިޔަވެތި ކޮންފަރެންސަކީ ރައީސްގެ ލާމަރުކަޒީ ސިޔާސަތު ރަމްޒުކޮށްދޭ މިސާލެއް: އިމްރާން

ވިޔަވެތި ކޮންފަރެންސަކީ ރައީސްގެ ލާމަރުކަޒީ ސިޔާސަތު ރަމްޒުކޮށްދޭ މިސާލެއް: އިމްރާން

ވިޔަވެތި ކޮންފަރެންސަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގެންގުޅުންވާ ލާމަރުކަޒީ ސިޔާސަތު ރަމްޒުކޮށްދޭ ފުރިހަމަ މިސާލެއް ކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށް ބާއްވަމުން އަންނަ "ވިޔަވެތި" ކޮންފަރެންސްގެ ހަތަރު ވަނަ ބައްދަލުވުމަށް އިޝާރާތް ކުރައްވައި މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އަހައްމިއްޔަރު ދައްކުވައިދޭ ފުރިހަމަ މިސާލެއްކަމަށެވެ.

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ރަމްޒު ކޮށްދޭ ފުރިހަމަ މިސާލެއް.

– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ލ.ގަމުގައި ބާއްވާ އެ ކޮންފަރެންސްގައި މިއަހަރު ބައިވެރިވާނީ ދ، ތ، ލ، ގއ، ގދ، އަތޮޅުންނާއި ފުވައްމުލަކާއި އައްޑޫ ސިޓީންނެވެ. އޭނާ ވިދާޅުވީ މި ކޮންފަރެންސްގައި ވެސް އެ ރަށްރަށުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއެކު ގިނަ މަޝްވަރާކުރައްވާނެއެވެ.

މި އަހަރު ބާއްވާ ދެވަނަ ކޮންފަރެންސްގައި މަޝްވަރާކުރަން ހަމަޖައްސާފައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ؛
– ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން
– ތިމާވެށި ޕްލޭން އެކުލަވައިލުން
– މިންތީގެ ހަމަހަމަކަން
– ވިލުންވެރި މުޖުތަމައުއެއް ބިނާކުރުން

މިދިޔަ ބްރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި މާޒީގައި ކަންކަން ހިނގާދިޔަ ގޮތަށް މިނިޒާމު ތަންފީޒު ކުރުމަށް ދޫކޮށްލެވެން ނެތްކަމަށާއި، ކުރަންޖެހުނު ހޭދަތަކެއް ކޮށްގެން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *