ލާމަރުކަޒީ ނިޒާމުގެ ބާރުތައް ދޫކޮށްލަން ޤާނޫނަށް އިސްލާހު ގެނައި ނަމަވެސް އަދާއި ހަމައަށްވެސް ސަރުކާރުން ވަނީ ބާރުތައް އޮބަހައްޓައި، ހިފަހައްޓާފައިކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ ލާމަރުކަޒީ ސިޔާސަތުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބާއްވަމުންދާ ދަރުބާރު ތަކުގެ ތެރެއިން ލ.ގަމުގައި ފަށާފައިވާ "ފަނޯއްލަ" ދަރުބާރާއި ގުޅިގެންނެވެ. މިއަދު ވެރިކަމުގައި ތިބި މީހުންނަށް ހަމައެކަނި ހިޔަން އެގެނީ "ލާމަރުކަޒީ" ބަސް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުގައި ލިޔެފައިވާ އެއްޗެއް ތަންފީޒު ކުރަން ނޭގޭ ކައުންސުލްތަކުގެ ބާރުވެރިކަން މުށު ތެރެއަށް ލައިގެން ދޫކޮށްލަން މިސަރުކާރުކަށް ނުކެރޭކަމަށް ޝުޖާ ވިދާޅުވިއެވެ.
މިމީހުންނަށް އެގެނީ ހަމައެކަނި ”ލާމަރުކަޒު“ މިބަސް އެކަނި. ޤާނޫނުގަ ލިޔެފަވަނީ ކީކޭކަން ލިޔާމީހުންނަށްވެސް ނޭގޭ. ޤާނޫނުގައި ވަނީ މުނިސިޕަލް ޚިދުމަތް ދޭންވާނީ ކައުންސިލުން ކަމަށް. ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީކައުންސިލަށް ދިނުމާ ލާމަރުކަޒު ކޮމިޓީގެ މުޤައްރިރުވެސް ދެކޮޅު.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ކޮންމެ ނަމެއްގައި ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރަން ދަރުބާރުތައް ބޭއްވިޔަސް ބާރުތައް ދޫކޮށްލިކަމަކަށް ނުވާނެކަމަށެވެ. ހުޅުމާލެއަކީ އެތަނުގެ އެއްވެސް މުނިސިޕަލް ޚިދުމަތެއް ދިނުމަށް ކައުންސިލަށް ބާރުތައް ދޫނުކޮށް އޮތް އޭގެ ލާމަސީލު މިސާލެއްކަމަށް ސުޖާ ވިދާޅުވިއެވެ.
ފަނޯއްލަ އެއްނޫން ފަޅޯއޮނު ބޭއްވިޔަސް މިކަން އޮތީ ހަމަ މިހެން. އެމްޑީޕީން ވަކާލާތު ކުރި ނިޒާމުގެ ބާރު ކައުންސިލުތަކަށް ނުދިން. ހުޅުމާލެ އަކީ އޭގެ ހެއްކެއް. އަފްޝަން އަށް ރަގަޅަށް އަޅުގަނޑު މިދައްކާ ވާހަކަ އެގޭނެ. ބާރުވެރިކަމެއް ނުދިން. ޕީޕީއެމް ގެ މެޖޯރިޓީ އޮތީމަ ނުދިނީ.
– ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއަށް އޮތުމުން މާލެ ސަރަހައްދުގެ ގިނަ ކަންކަން ސަރުކާރުންވަނީ އެކި މިނިސްޓްރީތަކާއި، ކުންފުނިތައް މެދުވެރިކޮށް ކުރަމުންނެވެ. ޚާއްސަކޮށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކުގެ ޝަކުވާ ބޮޑެވެ އެމަސައްކަތް ކައުންސިލާއި ހަވާލު ކުރުމަށް އެތަކެއް މަޝްވަރާތަކެއް ކުރެވުނު ނަމަވެސް ބާރުތައް އަދާއި ހަމައަށްވެސް ދޫކޮށްލާފައި ނުވެއެވެ.
One Response
މިހުރިހާ ރުޅިއެއް މިއަންނަނީ ހުޅުމާލޭ ބިންތައް ކުރީސަރުކާރުގައި ބަހާލިހެން ބަހާލާ ވިއްކާލާ ހަދަން ނުލިބިގެންނެވެ. ކުރިންވެސް އަދުރޭގެ ދަރިއަށާއި ރެޑްވޭވް ސަލީމުމެންނަށް އެއޮތީ ކިތައް ބިން ދީފަހެއްޔެވެ؟ މިހާރުވެސް ވެއިޓިންގް ލިސްޓްގައި ކިތައް މީހުން އެބަތިބި ހެއްޔެވެ؟