ސަހަރާތައް ކޮނެ ގަބުރުތައް ނެގުމަކުން މާލޭގެ ޕާކިންނަކަށް ހައްލެއް ނާންނާނެކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މާލޭގައި މިނީބަހުގެ ޚިދުމަތަށް ޕާކިން ބޭނުންވާތީ، މާފަންނު ސަހަރާ ސާފުކޮށް ޕާކިން ހެދުމަށް ނިންމި ނިންމުމާއި ގުޅިގެންނެވެ.
ސަހަރާ ސާފުކޮށް ޕާކިން ހަދާތީ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ މޭޔަރު މުޢިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނެވިއިރުވެސް ބައެއް ސަހަރާތަކުގައި ޕާކިން ހަދާފައިވާކަމަށެވެ. އަދި މިއީ މޭޔަރު މިއިއްޒު ޝައުގުވެރިވާ ކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
ނަމަވެސް އެކަމަށް ރައްދު ދެއްވާ މުއިއްޒު ވިދާލުވީ، މާފަންނު ސަހަރާގައި ޕާކިން ހަދަނީ ސަރުކާރުންކަމަށެވެ. އެގޮތުން ސަހަރާ ސާފުކުރަނީ ސަރުކާރުންކަމަށާއި، އެއަށްފަހު ސިޓީ ކައުންސިލާ ބިން ހަވާލުކުރުމުން ޕާކިން ހެދުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާފަންނު ސަހަރާގައި ޕާކިން ހެދުމާއި ގުޅޭގޮތުންމެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވީ، ސަހަރާތައް ކޮނެ ގަބުރުތައް ނެގުމަކުން މާލޭގެ ޕާކިންނަކަށް ހައްލެއް ނާންނާނެކަމަށެވެ. އަދި މޭޔަރު މުއިއްޒު ކުރައްވާ މަސައްކަތަކުން މާލޭގައި ދިރިއުޅޭ މީހުންނަކަށް ލުޔެއް ނުލިބޭކަމަށާއި، ލުޔެއްލިބޭނީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާގޮތަށް ވެހިކަލް ކެރީން ކެޕޭސިޓީ ސިޓީ ކައުންސިލުން ކަނޑައަޅަންކެރުނު އިރަކުންކަމަށް ޢަލީ ޢާޒިމް ވިދާޅުވިއެވެ.
އާޒިމް މިހެން ވިދާޅުވިއިރު، މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އުމުރު ކަނޑައެޅުމަށް މަސައްކަތްކުރިނަމަވެސް، އަދި މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ