ހަވާލޭ ވަތަން – ޕީޕީއެމްގެ ބޮޑު ޖަލްސާ މިރޭ

ހަވާލޭ ވަތަން – ޕީޕީއެމްގެ ބޮޑު ޖަލްސާ މިރޭ

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2022 01:40
0

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލު ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޮޑު ޖަލްސާއެއް މިރޭ ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ކާނިވަލް ސަރަހައްދުގައެވެ. ޖަލްސާއަށް ކާނިވާ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ. ގިނަ އަދަދެއްގެ ގޮޑި ޖަހާފައިވާއިރު، މުޅި ސަރަހައްދު އޮތީ ފިޔާތޮށި ކުލައިން ޖަރީކޮށްފައެވެ.

މިޖަލްސާގައި ބައިވެރިވުމަށް މާލެއާއި ކައިރި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ދަނީ މާލެއަށް އަންނަމުންނެވެ. މިޖަލްސާއަކީ މިފަހުން ޕީޕީއެމްއިން ބާއްވާ އެންމެ ބޮޑު ޖަލްސާކަމަށް އެޕާޓިން ވަނީ ބުނެފައެވެ. މިރޭގެ ޖަލްސާގައި ރައިސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ހަމަޖެހިފައިވާއިރު، އާންމު ގިނަ ބަޔަކުވެސް ޕީޕީއެމްއާއި މިރޭ ގުޅޭނެކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ޔާމީން އިއުލާން ކުރެއްވިއިރު ދެމައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއްގެ ޝަރީއަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއިން އެއްވެސް ދައުވާއެއް ސާބިތުވެ، ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓައިފިނަމަ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ގެއްލޭނެއެވެ.

2019 ވަނަ އަހަރު ވެސް ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އުއްމީދު ގެއްލުނެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ސުޕްރީމް ކޯޓުން އެހުކުމް ބާތިލް ކުރުމުން މިވަގުތު އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް ގާނޫނީ ހުރަހެއް ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހި ރައްޔިތުން
ޔާމީނު އާއި މި ގައުމު ހަވާލު ކުރާކަށްނެތީމެވެ. " ނޫދޭނޭ ވަތަން " ރައްޔިތުން