ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމް "ޖޯކާ"ގެ ކެރެކްޓާއަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައި "ޖޯކާ 2″ ކުޅުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ލޭޑީ ގާގާއަށް 10 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.
މިހާރު ޝޫޓިންގ ވެސް ފަށާފައިވާ މި ފިލްމްގައި ލޭޑީ ގާގާ ކުޅެނީ ހާލީ ކުއިންގެ ރޯލެވެ. މީގެ ކުރިން މީޑިއާއިން ބުނެފައިވާ ގޮތުގައި މި ފިލްމްގެ ލީޑުން ފެނިގެން ދާނީ ވާކީން ފީނިކްސްއެވެ.
ޖޯކާގެ ލީޑުން ފެނިގެންދިއަ އެކްޓަރު ވާކީން ފީނިކްސްއަށް އެފިލްމުން ލިބުނު 4.5 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ޖޯކާގެ ދެވަނަ ބައި ކުޅުމަށް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު ގާގާ ކުޅެދެނީ 10 މިލިއަން އެމެރިކާ ޑޮލަރަށެވެ. ގާގާގެ އިތުރުން ވާކީން އަށާއި ފިލްމުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް އަށްވެސް 20 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެއް ލިބޭނެއެވެ.
2019 ވަނަ އަހަރު ރިލީޒްކުރި އޮރިޖިނަލް ފިލްމު "ޖޯކާ" ކުޅެގެން ވާކީން އަށް ލިބުނީ 4.5 މިލިއަން އެމެރިކާ ޑޮލަރުގެ މުސާރައެކެވެ. "ޖޯކާ" އަކީ ބޮކްސް އޮފީހުގައި 107 ބިލިއަން އެމެރިކާ ޑޮލަރު ހޯދި ކާމިޔާބު ފިލްމެކެވެ.