ފާޚިޝް އަމަލުތަކުގެ ވީޑިއޯ ފަތުރާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑެއް ވުޖޫދުވާންޖެހޭ ކަމުގައި ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި ހިމެނޭ މީހުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިފަދަ ފާޚިޝް ޢަމަލުތަކަކާއި، މިކަންކަން އާންމުކޮށް ފެތުރުމަކީ މުޖުތަމައުގެ އޮންނަ އަޚުލާގީ މިނިގަނޑު ނެތިގެންދާނެ ކަމެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިމައްސަލާގާއި މިނިސްޓަރ އިމްރާން ވިދާޅުވީ ފާޚިޝް އަމަލުތައް ހިންގާ ވީޑިއޯތަކާއި، މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުކޮށް ހެދުމަކީ ވަރަށް ވިޔާނުދާ ކަމެއްކަމަށެވެ. އަދި މިފަދަ ކަންކަން ކުރާ މީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ އޭގެ ނުރަނގަޅު އަސަރު މުޅި މުޖުތަމައަށްކޮށް، ރާއްޖޭގެ އިޖުތިމާއީ އަޚުލާގިއްޔާތު އެއްކޮށް ފުޑުފުޑު ވެގެން ހިނގައިދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ހުތުރުކަން ބޮޑު ފާޚިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާ ތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ފަތުރާ ފަރާތްތަކާއިމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާއީ އަޚުލާގިއްޔާތު އެއްކޮށް ފުޑުފުޑު ވެގެން ހިނގައިދާނެ.
– އިމްރާން ވިދާޅުވިއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެކެވެ. މީގެ ތެރެއިން ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް މިހާތަނަށް ފޮނުވީ ނާޒިމަށާއި ފުލުސް މީހާގެ މައްޗަށެވެ.
މިމައްސަލާގައި ގިނަބައެއްގެ ވީޑިއޯ އާންމު ކުރަމުންދާއިރު، މިއީ މުޅި މުޖުތަމައުގެ އާންމު އަޚުލާގީ މިންގަނޑާއި ޚިލާފް ކަމެއްކަމަށް ދީނީ ގިނަ އިލްމުވެރިންވެސް ދަނީ ބުނަމުންނެވެ. އަދި މަޖަލަކަށް ހަދާފައި ނަމަވެސް މިފަދަ ކަންކަން ކުރުމަކީ ވަރަށް ހުތުރު ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
One Response
ނުބާފާހިސްއަމަލުކުރާމީހުންގެ ވީޑިއޯލީކުކުރާމީހުނައްތޯގާނޫނީ ފިޔަވަޅައަޅަންވީ އެއަމަލުކުރާމީހުންމުޖުތަމައް
ދޫކޮއްލުންތޯރަގަޅީ