ކިމް އާއި ޕީޓްގެ ލޯބީގެ ގުޅުން ނިމުމަކަށް

ކިމް އާއި ޕީޓްގެ ލޯބީގެ ގުޅުން ނިމުމަކަށް

Author
ފާތިމަތު ނާވީ
07 އޮގަސްޓް 2022 05:20
0

މަޝްހޫރު ޓީވީ ތަރި ކިމް ކާޑޭޝަން ލޯބީގެ ގޮތުން ގުޅިގެން އުޅުން ކޮމޭޑިއަން ޕީޓް ޑޭވިޑްސަން އާއި ރުޅިވެފައިވާކަމަށް ހަބަރުތަށް ބުނެފިއެވެ.

ކިމް އާއި މަޝްހޫރު ރެޕާ ކާންޔޭ ވެސްޓް ގެ ކައިވެނީގެ ރޫޅުމަށް ފަހު ކިމް އާއި ޕީޓް ރައްތެހިވެގެން އުޅޭތާ މިހާރު 9 ވަރަކަށް މަސް ވެއްޖެއެވެ.

ޕީޓް، 28، އަކީ ކިމް، 41، އަށް ވުރެ އުމުރުން 13 އަހަރު ހަގު މީހެކެވެ. އަދި ކިމް އަކީ ހަތަރު ކުދިންގެ މައެކެވެ. މި ދެމީހުން އެކުގައި އިވެންޓްތަކަށް ދިއުމާއި ޗުއްޓީ އަށް ދިއުމަކީވެސް ވަރަށް ގިނައިން މި ދެލޯބިވެރިން ވަރަށް ފަހަކާއި ޖެހެންދެން ވެސް ކުރަމުން އައި ކަންކަމެވެ.

 

View this post on Instagram

 

A post shared by Kim Kardashian (@kimkardashian)

މީގެ އިތުރުން މަޝްހޫރު ކިމް ގެ އާއިލާ ވަރަށް ބޮޑަށް ގަޔާވާ މީހަކަށް ޕީޓް ވެގެން ގޮސްފައިވާއިރުގައި އެގުޅުމުގައި ސިއްކަ ޖެހުނު ސަބަބެއް އަދި ނޭގެއެވެ.

ކިމް އާއި ކަންޔޭ ކައިވެނިކުރީ 2014 އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެކައިވެނި ރުޅުނުއިރުގައި މީގެ ކުރިން ވެސް ކިމް ވަނީ ދެ ކައިވެންޏެއް ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.