ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ކާޖޮލް އާއި އަޖޭ ދޭވްގަން ގެ ދޮށީ އަންހެން ދަރިފުޅު ނިސާ ދޭވްގަން އަކީ މިހާރު ޒުވާނެކެވެ. އަދި އޭނާ އަކީ މީޑީއާއާ ވަރަށް ބީރައްޓެހި ކުއްޖެކެވެ.
މީޑީއާއާ އެއްފަދައިން ނިސާ އަކީ ސޯޝަލް މީޑިއާގައި ވެސް ވަރަށް ސިއްރުން އުޅޭ ކުއްޖެކެވެ. އެހެން ސްޓާކިޑުންނާ ހިލާފަށް ނިސާ އަކީ އޭނާގެ އިންސްޓަގްރާމް އެކައުންޓްތައް ޕްރިވެޓްކޮށް ގެންގުޅޭ ކުއްޖެކެވެ.
ނަމަވެސް އޭނާ ސޯޝަލް މީޑިއާއަށް ލާ ފޮޓޯތައް އޭނާގެ ރަހުމަތެރިން އަންނަނީ ޝެއާ ކުރަމުންނެވެ. އޭނާ އަށް ޕަޕަރާޒީންގެ ލޯތައް މިފަދަ ކަންކަމާ ހުރެ ވަރަށް ބޮޑަށް އަމާޒުވެއެވެ.
ދާދިފަހުން މީޑިއާއާ ވާހަކަ ދައްކަމުން ކާޖޮލް ބުނެފައިވަނީ އޭނާގެ ދަރިންނަށް އެމީހުން ބޭނުން ދާއިރާ އަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މަންމަ އާއި ބައްޕަ އަކީ ފިލްމް ކުޅޭ މީހުން ވީމާ އެކުދިން ކޮންމެހެން ނުޖެހޭ ފިލްމް ކުޅޭކަށް. ނިސާ އަށް ވެސް އަދި ޔުގަށް ވެސް އެކުއްޖެއް ބޭނުންވާ ދާއިރާ އަކުން ކުރިއަށް ދިއުމަށް ފުރުސަތު އޮންނާނެ"
– ކާޖަޮލް
ކާޖޮލް ބުނީ ނިސާ އަކީ މިހާރު 20 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާއަށް އަމިއްލައަށް ކަންކަން މިހާރު އެނގޭނެ ކަމަށެވެ.
ނިސާ އަކީ މިހާރު ވަރަށް ބޮޑަށް މީހުންގެ ސަމާލުކަން ލިބޭ ވަރަށް ޒުވާން ރީތި ކުއްޖެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކުއްޖެކެވެ. ނަމަވެސް އަދި އޭނާ ބޮލީވުޑަށް ނުކުންނާނެ ކަމުގެ އެއްވެސް ވާހަކައެއް ނުދެކެވެ.