ރާއްޖޭގެ މިޙާލަތު 2023ގައި ރައްޔިތުން ބަދަލުކުރާނެކަމަށް ޖަމިއްޔަތުއް ޞަލަފްގެ އޮޕަރޭޝަންސް މެނޭޖަރު އަދި ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރައްވާ ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި، ސިޔާސީ މީހުންނާއި އެނޫންވެސް ބައެއް މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުވެ ބްލެމެއިލްކޮށް، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރާ ސިޔާސީ ބައެއް މީހުންނަށް އަމާޒުވެފައިވާތީ، އެކަމަށް އިޝާރާތްކުރައްވާ ޢަލީ ރަމީޒް ވިދާޅުވީ، ޤައުމުގެ ޙާލަތު މިއަދު މިވަނީ ދިވެހި ތާރިޚް ނުދެކޭފަދަ ނުތާހިރު ދަރަޖައަކަށް ވެއްޓިފައިކަމަށެވެ. އަދި މި ހާލަތު 2023ގައި ރައްޔިތުން ބަދަލުކުރާނެކަމަށްވެސް ޢަލީ ރަމީޒް ވިދާޅުވިއެވެ.
Qaumuge haalathu miadhu mivanee dhivehi thaareekh nudhekey fadha nuthaahiru dharaja akah vettifa. Mi haalathu 2023 gai rayyithun badhalu kuraane, insha Allah. pic.twitter.com/vU4MQ4DDXh
— Ali Rameez (@aliramyz) July 29, 2022
ޢަލީ ރަމީޒް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކާއި އެނޫންވެސް ބައެއް މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯގެ ޢާންމުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ކާނަލް މުޙައްމަދު ނަޝީދާއި، ފުލުހުންގެ ވަޒީފާގައި ހުރި މީހަކާއި، ރާއްޖޭގެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމް ވަނީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައެވެ.
މިއާއެކު ރައީސް ނަޝީދު ވަނީ ނާޒިމް ހައްޔަރުކުރީ ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ހަރުކަށި ފިކުރުމުގެ މީހުންގެ ރުއްސަންކަމަށް ވިދާޅުވެ ސަރުކާރާއި ރައީސް ޞާލިޙަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ނަޝިދު ގެންދަވަނީ ސަރުކާރާއި ރައީސް ޞަލިޙްގެ އިސްތަށިފުޅުގައި އެކިއެކި އިލްޒާމް އަޅުއްވަމުންނެވެ.
އެގޮތުން ރައީސް ޞާލިޙްގެ ބަދުއަޚްލާގީ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙަށް އިންޒާރެއް ދެއްވާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އާއިލީ އަންހެން ކުއްޖަކާއެކު ރައީސް ސޯލިހް ބަދު އަހުލާގީ އަމަލު ހިންގަވާ މަންޒަރު ހިމެނޭ ހަތަރު ފޮޓޯއެއް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ރައީސް ނުކުރައްވާ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވަވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ