ނަޝީދު ޓްވީޓްކުރީ އެއްޖިންސުން ގުޅުންހިންގާ މީހުންގެ ތާޢީދު ހޯދަން: ޝިޔާމް

ނަޝީދު ޓްވީޓްކުރީ އެއްޖިންސުން ގުޅުންހިންގާ މީހުންގެ ތާޢީދު ހޯދަން: ޝިޔާމް

Author
މުޙައްމަދު ޖިމީ
29 ޖުލައި 2022 10:10
0

އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރުމުން، ރައިސް ނަޝީދު އިނގިރޭސި ބަހުން ޓްވީޓްކުރެއްވީ، ދެ މަޤްޞަދެއްގައިކަމަށް ނާއިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޒިމް ސައްތާރު ހައްޔަރު ކުރުމާއެކު، ކޮއްކޮ ހައްޔު ކުރީ އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ކަމަށާއި އަދި ހައްޔު ކޮށްފައިވަނީ ދީނީގޮތިން ހައްދުފަހަނައެޅި މީހުން ހިންހަމަ ޖެއްސުމަށް ކަމަށް ވިދާޅުވެ އިނގިރޭސިބަހުން ޓްވީޓްކުރުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ ނަޝީދަށް އަމާޒުވެފައެވެ.

ނަޝީދުގެ އެ ޓްވީޓަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވީ، ނަޝީދު ކުރެއްވި ޓުވީޓުގެ އޮތީ ދެމަގުސަދެއްކަމަށެވެ.އެއީ އެއްޖިންސުން ގުޅުންހިންގުމަކީ އިންސާނީ ހައްޤެއްކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ ސަޕޯޓު ހޯދުމާއި، ދީނީ ޢިލްމުވެރިންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބޭރު ދުނިޔެއަށް ބުނެދޭން މަސައްކަތްކުރުން ކަމުގައެވެ. 

ނަޝިދުގެ ކޮއްކޮ ނާޒިމް ހައްޔަރުކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުން ލަސްވާތީ އެތައް ބައެއްގެ ފާޑުކިޔުމާއި ޕްރެޝަރ ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޮ ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)އާއި ފުލުހެއްވެސް ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހި ޒުވާނުން
ރަނގަޅު ދިރާސާއެއް ހަދައިފި ނަމަ އިނގޭނެ އިންސާނުންގެ ތެރެއިން %97 މީހުންނަކީ އިސްލާމީ ކައިވެނީގެ ބޭރުން އެއްޖިއްސުން ނުވަތަ ނުވަތަ ދެޖިންސުން ނުވަތަ އަމިއްލަޔަށް ޖިންސީ ގުޅުން ހިންގާ މީހުންކަން އުމުރުގެ ކޮންމެވެސް ހިސާބެއްގައި އަދި %3 މީހުންނަކީ އެކަމުގާ ދޮގު ހަދާމީހުންކަން ވަރަށް މަދު މީހަކު ނޫނީ މިކަމުން އިސްތިސްނާ ނުވާނެ. ކޮންމެ މީހަކީ ކުށްކުރާނެ މީހެއް އަވަހަށް ތައުބާވޭ. ތިމާގެ ނަފްސުގެ ހިސާބު ތިމާ މިންކޮށްލައްވާ އަވަހަށް