އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމާއެކު، ކޮއްކޮ ހައްޔު ކުރީ އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ކަމަށާއި އަދި ހައްޔު ކޮށްފައިވަނީ ދީނީގޮތިން ހައްދުފަހަނައެޅި މީހުން ހިންހަމަ ޖެއްސުމަށް ކަމަށް ވިދާޅުވެ އިނގިރޭސިބަހުން ރަސްމީ ޓުވިޓަރ އެކައުންޓުން ކުރެއްވި ޓުވީޓުގެ މަގްސަދަކީ އެއްޖިނސުން ްގުޅުން ހިންގުމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ފަރާތްތަކުގެ ތާއީދު ހޯއްދެވުން ކަމުގައި ގިނަ ބަޔަކު ތުހުމަތު ކޮށްފިއެވެ.
މިގޮތުން ނަޝީދުގެ ޓުވީޓަރއަށް ރައްދު ދެއްވާ ނައިފަރު ދައިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެފައިވަނީ އަމިއްލަ ފުޅު ރަސްމީ ޓުވިޓަރ އެކައުންޓުން ނަޝީދު ކުރެއްވި ޓުވީޓުގެ އޮތީ ދެމަގުސަދެކެވެ. އެއް މަގުސަދެއްގެ ގޮތުގައި ޝިޔާމް ވިދާޅުވެފައިވަނީ، އެއްޖިންސުން ގުޅުންހިންގުމަކީ އިންސާނީ ހައްޤެއްކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ ސަޕޯޓު ހޯދުންކަމަށެވެ. އަނެއް މަގުސަދެއް ކަމުގައި އޭނާ ވިދާޅުވެފައިވަނީ ދީނީ ޢިލްމުވެރިންނަކީ އެކްސްޓުރީމިސްޓުން ކަމަށް ބޭރު ދުނިޔެއަށް ބުނެދޭން މަސައްކަތްކުރުން ކަމުގައެވެ.
ހީކުރީ 'ކުޑަކެކުރި ބޮޑުކެކުރި' ޒަމާން ނިމިއްޖެކަމަށް. އިނގިރޭސިން ޓުވީޓުކުރެއްވީ 2 މަޤުޞަދެއްގަ. އެއްޖިންސުން ގުޅުންހިންގުމަކީ އިންސާނީ ހައްޤެއްކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ ސަޕޯޓު ހޯދުން. ދީނީ ޢިލްމުވެރިންނަކީ އެކްސްޓުރީމިސްޓުންކަމަށް ބޭރުދުނިޔެއަށް ބުނެދޭން މަސައްކަތްކުރުން. https://t.co/tTdbY0Pw5c
— Ahmed Shiyam (@Shiyamaldives) July 28, 2022
ޝިޔާމްގެ އިތުރުންވެސް، ނަޝީދުގެ މި ޓުވީޓު ފާހަގަވެގެން ދިޔައީ އާދަޔާއި ޚިލާފަށް ގިނަ ބަޔަލު ރައްދު ދީ ކޮމެންޓް ކޮށްފައިވާ ޓުވީޓެއްގެ ގޮތުގައެވެ.
ފާއިތުވެދިޔަ ތަނުގައި، މިއުސޫލުން ނަޝީދު ކޮށްފައިވާ ގިނަ ޓުވީޓުތައް ކުރައްވާފައިވަނީ، ގެންގުޅުއްވާ "އެލެކްސް" ޓުވިޓަރ އެކައުންޓުންނެވެ.
ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމާއެކު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އޭނާގެ ކޮއްކޮ ހައްޔަރު ކޮށްފައިވަނީ ސިޔާސީ ގޮތުން ކަމަށާއި، ހައްޔު ކޮށްފައިވަނީ އުސޫލުތަކާއި ޚިލާފަށް ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވަނީ ރައިސް ސާލިހުގެ ސަރުކާރުގައި ތިބި ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންގެ ޕްރެޝަރަށް ކަމުގައެވެ.
އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމަށް ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވަނީ ރިސޯޓެއްގައި ހުއްޓައެވެ.
އަދި މި އޮޕަރޭޝަން ކުރިޔަށް ދާންފެށިކަން މީޑިއާތަކުން ރިޕޯޓު ކުރަން ފެށުމާއެކު ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރި އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަޙްޤީޤަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އަދި ވަނީ، މިމައްސަލައާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށްފައެވެ. ފުލުހުގެ ފަރާތުން ވިދާޅުވެފައިވަނީ މިޚަބަރަކީ އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށާއި، އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާ ކަމުގައެވެ.
އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ފުލުހުން ބެލުމުގެ ދަށަށް ގެނައުމާއި ގުޅިގެން ފާހިޝް އަމަލުތަކާއި ދެކޮޅަށް ސަރުކާރުން ދެއްކި ސާބިތުކަމަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވާއިރު، ނަޝީދުގެ ފާޑުކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒު ވެފައެވެ.
ކޮމެންޓު ފޮނުވާ