ހއ.ހޯރަފުށީ ގައި ގާއިމްކޮށްފައިވާ އެއާރޕޯޓަށް ޓެސްޓް ފްލައިޓްތައް ޖައްސައިފިއެވެ.
ހޯރަފުށީގައި ތަރައްޤީކޮށްފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ޖައްސާފައިވާއިރު އެރަށްވަނީ ވަރަށް ބޮޑަށް މިކަމަށް ތައްޔާރުވެފައެވެ. ރަށުގެ މުޅި ރައްޔިތުން އެއާރޕޯޓް ސަރަހައްދަށް ޖަމާވެފައިވާއިރު އެމްޓީސީސީއާއި، ފެނަކަ އަދި އެމްޑީއާއި، ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ މިއަދު މިއުފާވެރި ހަފްލާގައި ބައިވެރިވެފައެވެ.
ހޯރަފުށީ އެއަރޕޯޓް ތަރައްގީކުރި ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި، ނިމުމުން އެތަނުގައި އެއަރޕޯޓު އެޅުމުގެ މަސައްކަތްވެސް ހަވާލުކުރީ އެމްޓީސީސީ އާއެވެ. މިއީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާ އެކު ތަރައްގީކުރި އެއަރޕޯޓެކެވެ. ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ މިއަދު ޓެސްޓު ފްލައިޓް ޖެއްސުމާއި އެކު، މާދަމާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާ ޝެޑިއުލް ދަތުރުފެށޭނެކަމަށެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ކޮމެންޓު ފޮނުވާ