ލަންކާގެ ދާޚިލީ ކަންކަމާ ބެހުމުގެ ހައްގެއް ރާއްޖޭގެ ސިޔާސީ މީހުންނަކަށް ނޯންނާނެ: ޢަލީ

ލަންކާގެ ދާޚިލީ ކަންކަމާ ބެހުމުގެ ހައްގެއް ރާއްޖޭގެ ސިޔާސީ މީހުންނަކަށް ނޯންނާނެ: ޢަލީ

Author
މުޙައްމަދު ޖިމީ
12 ޖުލައި 2022 01:32
0

ސްރީލަންކާހެ ދާޚިލީ ކަންކަމާއި ބެހުމުގެ އެއްވެސް ހައްގެއް ރާއްޖޭގެ ސިޔާސީ ފަރާތްތަކަށް ނޯންނާނެކަމަށް، ޖަމިއްޔަތުލް ޞަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ. އަލީ ރަމީޒް މިފަދައިން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން އެޤައުމުގެ ދާޚިލީ ކަންކަމާއ ގުޅޭގޮތުން ދައްކާ ވާހަކަތަކާއި ގުޅިގެންނެވެ.

އެގޮތުން ކުރީގެ ރައީސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ލަންކާގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ބޭނުންވަނީ ގާބިލު ހަރުދަނާ ސަރުކާރެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ޢަލީ ރަމީޒް ވިދާޅުވީ، ލަންކާގެ ދާޚިލީ ކަންތައްތަކާ ބެހުމުގެ އެއްވެސް ހައްގެއްް ރާއްޖޭގެ ސިޔާސީ ލީޑަރުންނަކަށް ނޯންނާނެ ކަމަށާއި، އެމީހުންގެ ކަންކަން ނިންމަންވާނީ އެމީހުން އަމިއްލައަށް ކަމަށެވެ. ލަންކާއަށް ދިމާވެފައިވާ ކަންކަން ހައްލުކުރުމުގެ ޤާބިލުކަން އެޤައުމުގެ ރައްޔިތުންގެ ކިބައިގައި ހުންނާންނެކަމަށްވެސް ޢަލީ ރަމީޒް ވިދާޅުވެފައިވެއެވެ.

ޢަލީ ރަމީޒް މިހެން ވިދާޅުވެފައިވާއިރު، ލަންކާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް، އެހެން ގައުމުތަކުން އެހީ ހޯދަން މެދުވެރިއެއްގެ ރޯލު އަދާކުރަން މަންދޫބެއްގެ ގޮތުގައި ލަންކާ ސަރުކާރުން ހަމަޖައްސާފައިވަނީ ރައީސް ނަޝީދެވެ. އެމަނިކުފާނު ހަމަޖައްސާފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރެއް ހިންގޭ ފަދަ ތަޖުރިބާހުރި ބަޔަކާ އެކީ ލަންކާއަށް ދިމާވެފައި އޮތް މައްސަލަތަކުން އަރައިގަނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ބިން ޔޫސުފް
ކަލޭތީ ކާކު މިތަނަށް އުދުޅި ބާނަން! ކޮން ހައިސިއްޔަތެއް އޮވެގެން! ދުވަހަކު ވޯޓަކުން ބަޔަކު ހޮވި މީހެއްނޫން! ކިޔެވި މަދަރުސާއެއްނެތް! ލަވަހަދާ ލަވަކިޔުން ނޫންކަމެއް އިނގޭކަމެއް ނުދެނެހުރިން! ދީނާއި ސިޔާސަތާއި މުޖްތަމައާއި ކަލޭ ބެހެންޖެހޭ އެއްވެސް ގޮތެއް ހައިސިއްޔަތެއް ނުފެނޭ! ފަހުޒަމާނުގެ އަލާމާތް ތަކުގެ ތެރޭގައި ނާގާބިލް މީހުން ކަންތައްތަކާއި ބެހޭނެކަން އެގެން އޮވެއެވެ. މީއޭގެ ފުރިހަމަ މިސާލެކެވެ.
އ އަލީބާ
އަޖައިބެއްނުން މީނަޔައް އޮތީ ކޮންހައްގެއްތޯ ސިޔާސީ މީހުން ކިބައިން ނުނެއްޓިގެން އުޅެން..
އ އަހުމަދު
ޢަލީ ރަމީޒަކީ ކިހާވަރެއްގެ ގާބިލު މީހެއްބާއޭ ހިތައް އަރާ! ރާއްޖޭގެ ކޮންމެ ދިމާއަކަށް ފީތާބާލަން މަސައްކަތް ކުރާމީހެއް މީނަމީ. ބޮޑުއީދު ކައިރިވެގެން އުޅުނުއިރު އުޅުނީ ލޮލުފިޔަ ނުޖަހާ ކުޅިވަރު ހުއްޓުވަން. އަލީ ރަމީޒުމެން ކިތަންމެ ބޭނުންވިއަސް މިގައުމު ހިސޯރުކޮށް ކަންދަހަރަށް ހަދާ، މިގައުމުގެ އަންހެން ދަރިން ތައުލީމުން މަހުރޫމުކޮށް ޖާރިޔާއިންނަށް ހަދާކަށް ދިވެހިރައްޔިތުން ފުރުސަތެއް ނުދޭނެ.
އ އަލީ
ލަންކާއަށް އެހީވާން މިއުޅެނީ ވެރިކަމެއް ހިންގަން ނޭނގިގެން ވެރިކަން ވެއްޓުނު މީހަކު.