އެއްޖިއްސުން ގުޅުންހިންގާ މީހުންނަށް، މަރުޚަބާ ކިޔާމީހުން ﷲއަށް ބިރުވެތިވާންޖެހޭ: ޢަލީ ރަމީޒު

އެއްޖިއްސުން ގުޅުންހިންގާ މީހުންނަށް، މަރުޚަބާ ކިޔާމީހުން ﷲއަށް ބިރުވެތިވާންޖެހޭ: ޢަލީ ރަމީޒު

Author
މުޙައްމަދު ޝަޒައިމް
10 ޖުލައި 2022 04:23
0

އެއްޖިއްސުން ގުޅުން ހިންގާ މީހުންނަށް ދައުވަތުތީ ރަށްރަށަށް ގެންގޮސް އެރަށްތަކުން އެމީހުންނަށް މަރުހަބާ ކިޔަމުންދާއިރު، މިފަދަ ކަންކަން އިންތިޒާމު ކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތި ވާންޖެހޭކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ސަލަފް ޖަމްއިއްޔާގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ޢިލްމީ މައުލޫމާތުތައް ފޯރުކޮށް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޢަލީ ރަމީޒު ވަނީ އެއްޖިއްސުން ގުޅުން ހިންގާ މީހުން ޢީދާއި ދިމާކޮށް ރަށްރަށަށް ގެންދަން ދައުވަތުދީ އެމީހުން ރަށްތަކަށް ދިއުމުން ކަރުގައި މާފަތި އަޅުވައި، ސްޓޭޖްތަކުގައި ފަށައި ނާޗަރަންގީ ކުޅެން ފުރުސަތު ދިނުމަކީ ވަރަށް ލަދުވެތި ކަމެއްކަމަށެވެ. މިފަދަ ކަންކަން އިންތިޒާމު ކުރާ ފަރާތްތަކުން ﷲއަށް ބިރުވެތި ވާންޖެހޭކަމަށް ޢަލީ ރަމީޒު ވިދާޅުވިއެވެ.

އެއްޖިއްސުން ގުޅުން ހިންގާ މީހުން އީދު ފާހަގަކުރުމުގެ ނަމުގައި ރަށްރަށަށް ގޮސް ނަށައި ނާޗަރަންގީ ކުޅެމުންދަނީ. މިފަދަ މުޑުދާރު މީހުންނަށް މަރުހަބާ ކިޔައި ސްޓޭޖަށް އެރުވުމަކީ އިންތިހާއަށް ލަތުވެތިވާކަމެއް. މިކަންކަން ރާވާ އިންތިޒާމު ކުރާ މީހުން މާތް ﷲއަށް ބިރުވެތި ވުމަށް ގޮވާލަން.

– އަލީ ރަމީޒު ވިދާޅުވިއެވެ.

އެއްޖިއްސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތުގެ އިތުރުން ރާއްޖޭގެ ޤާނޫނުތަކުގައިވެސް ބޮޑެތި އަދަބު ކަނޑައެޅިފައިވާ ކުށްތަކަށްވާއިރު މިކަންކަން ތަންފީޒު ނުވުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ. އެއްޖިއްސުން ގުޅުން ހިންގުމުގެ މުޑުދާރު ޢަމަލު ހިންގާ މީހުން މުޖުތަމައަށް ދޫވެ އެމީހުން ބޭނުން ގޮތަކަށް އުޅެން ދޫކޮށްލުމަކީ މިފަދަ ކަންކަމަށް ދެވޭ ވައުވަތެއްކަމަށްވެސް އަލީ ރަމީޒު ވިދާޅުވިއެވ.

ޤާނޫނު ބުނާގޮތުން އެއްޖިއްސުން ގުޅުން ހިންގާ މީހުންނަށް 16 އަހަރުގެ ޖަލު ހުކުމެއް އާދޭ. ނަމަވެސް އެމުޑުދާރު ނަޖިސް ޢަމަލު ހިންގާފައިތިބޭ ވަކި ބަޔަކު މިނިވަންކަމާއިއެކު އުޅެމުންދަނީ. އޭގެ ތެރެއިން އެއްބަޔަކު ސޯޝަލް މީޑިއާގައި ހަމަކުރިއެކޭވެސް އެއްގޮތަށް އެކްޓިވްކޮށް.

– އަލީ ރަމީޒު ވިދާޅުވިއެވެ.

އެއްޖިއްސުން ގުޅުން ހިންގި މައްސަަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. އަދި އެއްޖިއްސުން ގުޅުން ހިންގި މައްސަލައިގައި މީހަކު ބްލެކްމެއިލް ކުރާކަމަށް ބުނެ ތަންތަން ފާސްކުރަމުންދާާ އިރު އެކަމުގެ ތުހުމަތުގައި ވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.