ލަންކާ ސަލާމަތް ކުރުމަށް ހަރުދަނާ ތަޖުރިބާހުރި ވެރިއެއް ބޭނުން: ނަޝީދު

ލަންކާ ސަލާމަތް ކުރުމަށް ހަރުދަނާ ތަޖުރިބާހުރި ވެރިއެއް ބޭނުން: ނަޝީދު

ގުޅުންހުރި

އަވަށްޓެރި ސްރީ ލަންކާ މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށް ހަރުދަނާ ތަޖުރިބާހުރި ވެރިއެއް އެގައުމަށް ބޭނުންވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރައްވުމާއިވެސް ހަވާލުވެ ވަޑައިގެންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ، ލަންކާގެ ވެރިންނާއި ދެކޮޅަށް އިއްޔެ އެޤައުމުގައި ކުރި ބޮޑު މުޒާހަރާގައި ބޮޑުވަޒީރާއި ރައީސްވެސް އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ލަންކާއަށް ވަރަށް ގޮންޖެހުން ބޮޑު ވަގުތެއްކަމަށެވެ. މިވަގުތު ލަންކާއަށް އެންމެ ބޭނުންތެރިވަނީ ހަރުގަދާ ތަޖުރިބާ ހުރި ޤާބިލް ވެރިޔަކު ކަމަށެވެ. އެފަދަ ވެރިޔަކު ލަންކާއާއި ހަވާލުވެއްޖެނަމަ މިދަތި އުދަގުލުން ސަލާމަތްވުމަށް މަގުފަހި ވެގެންދާނެކަމަށެވެ. އަދި ލަންކާ ރައްޔިތުން އެޤައުމުގެ ހާލަތު ރަނގަޅު ކުރުމަށް އުންމީދު ކުރިމަގެއް ހޯދާނެކަމަށް އުންމީދު ކުރާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއީ ސްރީލަންކާއަށް ގޮންޖެހުން ބޮޑު ވަގުތެއް. މި އިގްތިސާދީ، ސިޔާސީ ކާރިސާއިން ސްރީލަންކާ ސަލާމަތް ކުރުމަށް ހަރުދަނާ ތަޖުރިބާހުރި ވެރިއެއް އެގައުމަށް ބޭނުން. އަޅުގަނޑު އުއަމީދު ކުރަނީ ސްރީ ލަންކާގެ ރައްޔިތުން އެމީހުންގެ ކުރިމަގު ހޯދާނެ ކަމަށް.

– ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ކޯޑިނޭޓަރަކަށްވާއިރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ވެރިކަމުން އިސްތިއުފާ ދެއްވަން ނިންމުމާއި ހަމައަށްވެސް ނަޝީދަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ލަންކާގައި އިއްޔެ ކުރި މުޒާހަރާތަކާއި ގުޅިގެން އެޤައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބޮޑު އަދަވަޅަކަށް ވަނީ ވެއްޓިފައެވެ. އެޤައުމުގެ ޕާޓީތަކުގެ ލީޑަރުން ވަނީ މިހާރު އެއްބައިވަންކަމުގެ ސަރުކާރެއް ޤާއިމް ކުރުމަށް އެއްބަސްވެފައެވެ. ރައީސް ގޮޓާބަޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވާއިރު، ބޮޑުވަޒީރު ވަނީ އިސްތިއުފާ ދެއްވާނެކަން ހާމަކުރައްވާފައެވެ. ރަނިލްއަކީ އެޤައުމުގެ ބޮޑުވަޒީރުކަން 6 ފަހަރެއްގެ މަތީން އަދާކުރެއްވި އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ކަލޭދާންވީނުު ލަންކާބޮޑުވަޒީކަަންކުރަންް މީހާރުު ލަންކާއައްް ޑޮލަރުވެސްް ހޯދަދެވިއްޖެނުު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ