ދިއްގަރު ކައުންސިލަށް ވާދަކުރަނީ ޕީޕީއެމްއާއި، އެމްޑީޕީން

ދިއްގަރު ކައުންސިލަށް ވާދަކުރަނީ ޕީޕީއެމްއާއި، އެމްޑީޕީން

Author
މުޙައްމަދު ޝަޒައިމް
09 ޖުލައި 2022 09:55
0

މ.ދިއްގަރު ކައުންސިލުން ހުއްވެފައިވާ ގޮޑިއަށް ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓެއް ކަމަށް އިލެކްޝަނުން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއިންިޚާބުގައި، ވާދަކުރި ދެ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން އިލެކްޝަން ކޮމިޝަނުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއިންތިޚާބުގައި ކެނޑިޑޭޓް ނަންބަރު އެކެއް ލިބިފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފް، އަށެވެ. ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުލްޙަންނާން އަޙްމަދަސް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު ދޭކެވެ.

ދިއްގަރު ކައުންސިލް ގޮޑިއެއް ހުސްވެފައިވަނީ އެކައުންސިލްގައި މިނިވަން މެމްބަރެއްގެ ގޮތުގައި ތަމްސީލްކުރި މެމްބަރު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ވެރިކުރާ މައި ޕާޓީ އެމްޑީޕީއަށް މެޖޯރިޓީ އޮންނަ ދިއްގަރު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީ 3 މެމްބަރަކާއި، އިދިކޮޅު ޕީޕީއެމްގެ މެމްބަރެކެވެ.

ދިއްގަރު ކައުންސިލް އިންތިޚާބު އަންނަ މަހު ބާއްވާއިރު މިމަހުގައި 23 ވަނަ ދުވަހުވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ 2 އިންތިޚާބެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބައި އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވަނީ ޖުމުލަ 1.5 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 1.4 މިލިއަން ރުފިޔާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންތަކަށް ހަރަދުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.