މާލޭގައި ނައިޓްމާކެޓެއް ބާއްވަން އިއުލާން ކޮށްފައި ވީނަމަވެސް، ނައިޓް މާކެޓް ބާއްވާނީ މާލެ ސަރަހައްދުގައި ކޯވިޑް ކޭސްތައް ކޮންޓްރޯކުރެވި، ބަލިތައް މަދުވުމުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލޭސިޓީ މާލޭގައި ނައިޓް މާރކެޓް ބޭއްވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން ނައިޓް މާރކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޖުލައި 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަން ( ހ.ހުޅުގަލި 3 ވަނަ ފަންގިފިލާ) އަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައި ވެއެވެ.
ނަމަވެސް މިއަދު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ކުރި ޓުވީޓުގައި ވިދާޅުވީ ނައިޓް މާކެޓް ބާއްވާނީ މާލޭގައި ކޯވިޑް ކޮންޓްރޯލްވިއިރު ކޭސްތައް ހުރި މިންވަރަށް މަދުވުމުންކަމަށެވެ. އަދި މިދުވަސްވަރު ހަލުވިކަމާއިއެކު ފެތުރެމުންދާ ޑެންގޫ ހުމާއި، އެނޫންވެސް ބަލިތައް މަދުވުމުން ނޫނީ ނައިޓް މާކެޓް ބޭއްވުމަކީ ސިޓީ ކައުންސިލުން ބޭނުންވާ ގޮތެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނައިޓް މާކެޓް ބާއްވަން ކޮށްފައިވާ އިއުލާން ކޮށްފައިވީ ނަމަވެސް ނައިޓްމާކެޓް ބާއްވާނީ މާލެ ސިޓީގައި ކޯވިޑް ކޭސްތައް އެންމެ ބޮޑަށް މެދުވެރިވިއިރު ހުރި ވަރަށް މަދުވީ ދުވަހަކުންކަން ދަންނަވަން. ކޯވިޑާއި ޑެންގޫ ފަދަ ރޯގާތައް ގިނަ އިރެއްގައި ސިޓީ ކައުންސިލުން މާލެ ސިޓީގައި ނައިޓްމާކެޓް ނުބާއްވާނެ.
– މޭޔަރު މުއިއްޒު ކުރެއްވި ޓިުވީޓުގައި ވިދާޅުވިއެވެ.
މާލެ އާއި ހުޅުމާލޭގައިވެސް ދާދި ފަހަކުން ނައިޓްމާކެޓް ބާއްވާފައި ވެއެވެ. މި ނައިޓްމާކެޓްތަކުގައި ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ބައިވެރިވިއެވެ. ފަހުން ނައިޓް މާކެޓްތައް ހުއްޓާލީ މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމުންނެވެ. ކޯވިޑް 19 ގެ ކުރިން ރާއްޖޭގައި ރޯދަ މަހާއި ބޮޑު ޗުއްޓީއާއި ދިމާކޮށް އަބަދުވެސް ނައިޓް މާކެޓް ބާއްވައެވެ. ނައިޓް މާކެޓަށް ވިޔަފާރިކޮށްލަން ދިއުމަކީ ގިނަ ބައެއްގެ އޭރުގެ އާދަ އެކެވެ.
ކޮމެންޓު ފޮނުވާ